މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އާދަމް އަދީމް އައްޔަންކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އާދަމް އަދީމް އައްޔަންކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.

އާދަމް އަދީމްއާއެކު އެމްޕީއެލްގެ ބޯޑުގައި 8 މެމްބަރުން ތިއްބަވާނެއެވެ.

އިޝްތިހާރު އިޝްތިހާރު

އެމްޕީއެލްގެ ޗެއަރޕާސްނައަކީ އާމިނަތު ހަމީދުއެވެ. އަދި މެނޭޖިން ޑިރެކްޓަރަކީ ކެޕްޓަން ޙުސައިން ޝަފީޤުއެވެ. ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ މުޙައްމަދު ލަމްޢާންއެވެ. މީގެ އިތުރުން މި ބޯޑުގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވީ އަހްމަދު އިލްޔާސްއާއި މުޙައްމަދު ވަޙީދުގެ އިތުރުން އަޙްމަދު އީހާބްއާއި ފާތިމަތު ޝަފަގް ރަފީއުއެވެ.