ނ. ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
އެމްޓީސީސީން އާންމުކޮށްފައިވާ އެންމެ ފަހުގެ މަޝްރޫއީ މައުލޫމާތުތަކަށް ބަލާއިރު، މި އިމާރާތުގެ ބިންގަލުގެ މުހިންމު ބައިތަކެއް ވަނީ ނިންމާލެވިފައެވެ. އެގޮތުން އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތަކާއި ފައުންޑޭޝަން ބީމްގެ މަސައްކަތްތައް ވަނީ އެކީ ނިންމާލާފައެވެ.
މީގެއިތުރުން އިމާރާތުގެ ޓައި ބީމް ޝަޓަރިންގ މަސައްކަތްތައް ވެސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މިހާރު ސައިޓުގައި ކުރިއަށްދަނީ ޓައި ބީމްގައި ކޮންކްރީޓް އެޅުމުގެ އަމަލީ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން ކެނދިކުޅުދޫގައި ޒަމާނީ ފުލުހުންގެ މަރުކަޒެއް ގާއިމުކުރެވިގެންދާނެއެވެ. މިއީ އެ ރަށުގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހިންގޭ މުހިންމު މަޝްރޫއެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.