މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

Alert white for heavy rain extended

މެޓުން މިއަދު ހެނދުނު 08:00 ގައި ނެރުނު މި ސަމާލުގައި ބުނެފައިވަނީ، އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ބ. އަތޮޅުން ފެށިގެން ލ. އަތޮޅާހަމައަށް ނެރުނު މި ސަމާލު ހަމަވާނީ މިއަދު މެންދުރުފަހު 14:00 އަށެވެ.

އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖޭގެ ސަރަހައްދުގައި ވަނީ ހުޅަނދުގު މޫސުމުގެ ބާރުގަދަވެފައިއެވެ. މެޓުން ބުނެފައިވަނީ ކުރިއަށް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރިހާ ފަރާތްތަކަށް އެ އިދާރާއިން އިލްތިމާސްވެސް ކޮށްފައިވެއެވެ..