ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއަށް

Maldivian_Ads
TTH_Ads
STO_Ads
Advertisement

ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއިން ހަވާލުވެއްޖެއެވެ. އެރަށުގެ ޚިދުމަތްތަކާއި ހަވާލުވުމާއެކު، އެކުންފުނިން ވަނީ ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައިވެސް މި ޚިދުމަތްތައް ދޭން ފަށާފައެވެ.

ސްޓެލްކޯއިން އުތުރުގެ ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތް ދިނުމާއި ހަވާލުވުމަށް ކުރަމުންދާ ދަތުރުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ ބައެއް އިސްވެރިން ދަނީ އެއަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. މިގޮތުން ތުރާކުނު އިންޖީނުގޭގައި ވަނީ، ސްޓެލްކޯގެ ދިދަ ނެގުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ތުރާކުނުގެ ކަރަންޓާއި، ފެނާއި ނަރުދަމާ ޚިދުމަތާއި ރަސްމީކޮށް ހަވާލުވުމަށް އެކުންފުނިން ހަވާލުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރުއެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރެވެ.

HajjCop_ads
Advertisement

ދިދަ ނެންގެވުމުގެ ރަސްމިއްޔާތަށްފަހު މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން ވަނީ، އެ ދެ ރަށުގެ އިންޖީނުގެއާއި އޮފީހުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާފައެވެ. އަދި އިންޖީނުގެ ހިންގުމާއި ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ހއ.އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްޓެލްކޯގެ އިސްވެރިން ވަނީ، ހއ.ހޯރަފުށީ އިންޖީނުގެއާއި ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާފައެވެ.

ސްޓެލްކޯއިން ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ހއ.އަތޮޅުގެ އިތުރު ރަށްތަކުގައި ފެނަކައިގެ ދަށުން ދެމުންދިޔަ ޚިދުމަތްތަކާއި އެކުންފުނިން ހަވާލުވާނެ ކަމަށެވެ.

ސްޓެލްކޯއިން ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާއި ހަވާލުވުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫސިޓީ އަދި އައްޑުއަތޮޅު ހުޅޫދޫއާއި މީދޫގެ ކަރަންޓުގެ ޚިދުމަތާއިވެސް އެކުންފުނިން ވަނީ ހަވާލުވެފައެވެ. މިއާއެކު ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ސްޓްލްކޯއިން ޚިދުމަތް ދޭން ފަށާފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމީދޫގައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ސްޓެލްކޯއިން މަރާމާތުކޮށް ބޭނުންކުރަން ފަށައިފި

Qw

ފެނަކައިން ދޭ ހުރިހާ ކަރަންޓްގެ ޚިދުމަތްތަކެއް ރޯދައިގެކުރިން ސްޓެލްކޯއަށް ބަދަލުކުރެވޭނެ: އަފީފް

Qw

އައްޑޫ އެއާޕޯޓުގެ ކަރަންޓު ވިއުގަ ވަރުގަދަކުރުމަށް ސްޓެލްކޯއިން މަޝްވަރާކޮށްފި

އައްޑު އަތޮޅުގެ ކަރަންޓު ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފި