ހއ. ބާރަށު ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މި މަޝްރޫޢަކީ ސަރުކާރުގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.
މި މަޝްރޫޢު ނިމިގެންދާއިރު ބާރަށުގެ ފުލުހުންގެ ޚިދްމަތް ފުޅާކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި ރަށުގެ އަމަންއާމާންކަން ބެލެހެއްޓުމަށް މިފަދަ އިމާރާތެއް ލިބިގެންދިއުމަކީ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެކެވެ.

މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، ކުރިއަށް އޮތް ތަނުގައި އިމާރާތުގެ ބާކީ ހުރި އޮނިގަނޑުގެ މަސައްކަތްތައް ފަށާނެއެވެ. އެމްޓީސީސީން އަންނަނީ މި މަޝްރޫޢު ނިންމުމަށް ބޭނުންވާ ފަންނީ އަދި އަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރަމުންނެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު