ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާޅެންދޫ ދެވަނަ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 10 07 at 09.56.03
STO_Ads
Maldivian_Ads
TTH_Ads
Advertisement

ނ. މާޅެންދޫގައި ދެވަނަ ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2023 ވަނަ އަހަރުއެވެ.

މި މަޝްރޫއުގެ ދަށުން މާޅެންދޫގެ 735.9 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއި، 73 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 386 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން 175 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

HajjCop_ads
Advertisement

މި މަޝްރޫއުގެ ދަށުން ކުރެވޭ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި 47 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، މޯރިންގް ބޯއީސް ހަރުކުރުމާއި، 30 މީޓަރު ދިގު އަދި 4 މީޓަރު ފުޅާ ބުރިޖެއް ހެދުން ހިމެނެއެވެ. އަދި ޖެޓީއެއް ހެދުމާއި، 928 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ.

މި މަޝްރޫއު 270 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 32.34 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއު ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ކަނޑުދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މާޅެންދޫ ފުރަތަމަ ބަނދަރު ތަރައްގީކޮށް ނިންމައި ހުޅުވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 10 07 at 20.10.25

ފުނަދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 10 07 at 17.20.52

ބާރަށު ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

7b8e0ef9 cb01 4658 8239 3ab3b1f24bc8

މާޅެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށް

WhatsApp Image 2026 10 06 at 15.17.04

މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި