ކ. ގުޅީ ސުކޫލުގެ އާ އިމާރާތުގެ މަޝްރޫޢުގެ ތިންވަނަ ފަންގިފިލާގެ ސަބްބޭސް ރީއިންފޯސްމަންޓް މަސައްކަތްތައް މިއަދު ފުރިހަމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ތިންވަނަ ފަންގިފިލާގެ ކޮލަމް ސެޓިންގް އައުޓް އަދި ރީއިންފޯސްމަންޓް މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްދަނީ ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލެއް ހިމެނޭ ގޮތަށެވެ.
މި މަޝްރޫޢަކީ ކުރީގެ ސަރުކާރުން ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. އެ ކުންފުންޏާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެއީ 16.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ނަމަވެސް އެ ކުންފުންޏަށް އެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ނުނިންމުމާ ގުޅިގެން، މި ސަރުކާރުން ވަނީ އެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި ބަދަލާއެކު މަޝްރޫޢުގެ މަސައްކަތްތައް އަލުން ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.










ކިޔުންތެރިންގެ ހިޔާލު