ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅުނު މީހަކު ހާލު ދެރަވެގެން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަހުން ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓޫބަރު 6 ވީ ދުވަހުގެ މެންދުރުފަހު 14:30 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ކޮލަމާފުށި، އުދަރެސް، އަޙްމަދު މިސްޙާޤު (45 އަހަރު) އެވެ.

މިސްޙާޤު ނިޔާވާން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު