ރ. އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް އިންޒާރުދިން މީހާ ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އަނގޮޅިތީމު ގެއަކަށް މީހަކު ވަދެ 72 އަހަރުގެ ދިވެހި އަންހެނަކާމެދު ގަދަކަމުން ޖިންސީގޯނާކޮށް މަރާލާނޭކަމަށް ބުނެ އިންޒާރުދިން މައްސަލަ ސެޕްޓެމްބަރު 27ވަނަ ދުވަހުގެ ރޭ 8:30 އެހައިކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
އަދި އަނިޔާލިބުނު މީހާއަށް އަނގޮޅިތީމު ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން 44 އަހަރުގެ ދިވެހި ފިރިހެނަކު ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ ރޭ 21:57 އެހައިކަންހާއިރު ވަނީ ހައްޔަރުކޮށްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.