ދިރުވާލައިގެން ރާއްޖޭގެ ބޯޑަރުން އެތެރެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހުއްޓުވައި އޭނާ ހަށިގަނޑުގައި ރައްކާކޮށްގެން އެތެރެކުރަން މަސައްކަތްކުރި މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފައިވާ ގޮތުން މި މައްސަލާގައި މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރީ ތައިލެންޑުން ރާއްޖެއަށް އައި އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހުއްޓުވައި ފޮރުވާފައި ހުރި މަސްތުވާތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި ފާއިތުވި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ރާއްޖެއަށް އައުމަށްފަހު އެއާޕޯޓު ތެރޭގައި އޭނާގެ އަމަލު ހުރި ގޮތުން ޝައްކުކުރެވިގެން ކަސްޓަމްސްގެ އޮފިސަރުން އޭނާގެ ހަށިގަނޑު ސްކޭންކޮށް ބަލައިފާސްކުރިއެވެ.

އިޝްތިހާރު އިޝްތިހާރު

ބަލައިފާސްކުރުމުގެ ތެރެއިން އޭނާގެ އެތެރެ ހަށީގައި އެއްޗެހިތަކެއް ފޮރުވާފައި ހުރިކަން ފާހަގަކުރެވި އިތުރަށް ބެލިބެލުމުން އޭނަގެ ހަށިގަނޑުގައި މަސްތުވާތަކެތި އަޅާފައި ހުރި 19 ބުލެޓެއް އޮތްކަން ކަށަވަރުކުރެވިފައިވެއެވެ.

އަތުލައިގަނެފައިވާ 19 ބުލެޓުގައި ހުރި މަސްތުވާތަކެތީގެ ބަރުދަނަކީ 284.9 ގްރާމްކަަމަށާއި، އެ ބުލެޓުތަކުގެ އެތެރޭގައި ހުރީ 117.6 ގްެރާމުގެ ކޮކެއިނާއި، 167.30 ގްރާމުގެ ސިންތެޓިކް ކެތިނޯންކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ބޯޑަރު ހުރަސްކޮށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެ މަހަކުވެސް ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަންނަނީ އަތުލައިގަންނަމުންނެވެ.