ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ ސިންތެޓިކް ކެެތިނޯން އަތުލައިގަނެފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ 18 ޖޫން 2026 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 3.6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާ ކަމަށެވެ.
އެގޮތުން މި ތަކެތި އަތުލައިގަނެފައިވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރެއިން ޕޯސްޓް އޮފީހަށް އައި ޕޯސްޓެއްގެ ތެރެއިންނެވެ.

މި ތަކެތީގެ މަގުމަތީީ އަގު 5 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
ކަސްޓަމްސް އިން އަންނަނީ ދޭތެރެ ދޭތެރެއިން ވައިގެ މަގުންނާއި ކަނޑުމަގުން އަދި ޕޯސްޓް އަދި ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް އެތެރެކުރާ ސިނގިރެޓް އަތުލައިގަތުމާއި ވޭޕާއި ގުޅުންހުރި ގިނަ އަދަދެއްގެ ސާމާނު ވެސް ދާދި ފަހުން ކަސްޓަމްސް އިން ވަނީ އަތުލައިގަނެފައެވެ.









ކިޔުންތެރިންގެ ހިޔާލު