އެއްވުންތައް ބޭއްވުމުގައި އެއްވެސް ފަރާތަކަށް ދަތި ނުވާނޭހެން ގާނޫނީ އިމުގެ ތެރެއިން އިންތިޒާމު ކުރުމަށާއި ޤާނޫނާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިރޭ މާލޭގައި ބޭއްވުމަށް ރާވަމުން އަންނަ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި، އަދި އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ދިވެހި ފުލުހުންގެ ޚިދުމަތަށް މިހާތަނަށް މައުލޫމާތު ހިއްސާ ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއް ނުވުމަށާއި، އެ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތްތަކަށް އަންގާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިފަދަ އެއްވުން ތަކަކީ އެއްވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށްވުމާއެކު، އެ އެއްވުން އެއްވެސް ފަރާތަކަށް ދަތި ނުވާނޭހެން ގާނޫނީ އިމުގެ ތެރެއިން އިންތިޒާމު ކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަދި އެ އެއްވުމުގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ އަމަލުތައް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު