ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބެލްޖިއަމުން އިޓަލީ ބަލިކޮށްފި

Mika Godts goal back
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޔުއޭފާ ނޭޝަންސް ލީގުގައި ބެލްޖިއަމްއިން އިޓަލީވިލާތް ބަލިކޮށްފިއެވެ.

އިޓަލީވިލާތުގެ ވެރިރަށް ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯގައި ކުޅުނު މިމެޗު ބެލްޖިއަމް އިން ކާމިޔާބުކުރީ 2 -0 އިންނެވެ. ދެޓީމުގެ ފަރާތުން ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިޓަލީވިލާތުންނެވެ. ނަމަވެސް މިމެޗުގައި ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފިތަން ފެނިގެންދިޔައީ ބެލްޖިއަމް އިންނެވެ. ބެލްޖިއަމްއިން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 20 ވަނަ މިނެޓުގައި އިޓަލީ މެދުތެރެއިން ގެއްލުވާލި ބޯޅައެއްގައި އުފެއްދި ކައުންޓަރ އެޓޭކެއްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މީކާ ގޮޓްސްއެވެ. މިއީ އޭނާ ބެލްޖިއަމް ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. އިޓަލީވިލާތުގެ ކެޕްޓަން އަދި ކީޕަރ ޖިއާންލުއިޖީ ޑޮނަރޫމާގެ ވަނީ މިހާފްގައި ބެލްޖިއަމްގެ ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ.

މިމެޗުގެ ދެވަނަ ހާފުގައި އިޓަލީވިލާތް ފެނިގެންދިޔައީ މުޅިން ތަފާތު ޓީމެއްގެ ގޮތުގައެވެ. މިގޮތުން މިހާފުގެ ފުރަތަމަ ކަށިގަނޑާއެކު އެޓީމުން ބެލްޖިއަމްގެ ގޯލަށް ނުރައްކާ ކުރަން ފެށިތަން ފެނިގެންދިޔައެވެ. މިހާފުގައި އިޓަލީވިލާތަށް ލަނޑެއް ކާމިޔާބު ނުކުރެވި ދިޔައީ ބެލްޖިއަމްގެ ކީޕަރ ސެނޭ ލެމެންސްގެ ހުށިޔާރު ކަމުންނެވެ. މިމެޗުގައި ބެލްޖިއަމް އިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޑޯޑީ ލުކެބާކިއޯއެވެ.

HajjCop_ads
Advertisement

ރޮބާޓޯ މަންޗީނީ އަލުން ޤައުމީ ޓީމަށް ގެނެސް ކުޅުނު ފުރަތަމަ މެޗު އެޓީމުން ފެށިތަން ފެނިގެން މިދިޔައީ ނާކާމިޔާބީ އަކާއެކުއެވެ. އިޓަލީ ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕުންވެސް ޖާގަހޯދޭގޮތް ނުވެފައެވެ.

އިޓަލީ ޤައުމީ ޓީމަށް އެޤައުމުގެ ރައްޔިތުންގެ ތާއީދު އޮތް ވަރު ބެލްޖިއަމް އާއި ދެކޮޅަށް ކުޅުނު މެޗަށް ވަން މީހުންގެ އަދަދުންވެސް ހާމަވެގެންދެއެވެ. 70 ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމްއަށް ކުޅިބަލަން ވަން މީހުންގެ އަދަދަކީ 47 ހާސް 155 އެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Getty

ތުރުކީ އަތުން އިޓަލީއަށް މޮޅެއް

GettyImages 2298293457

އޮލިސޭގެ ލަނޑުތަކުން ބެލްޖިއަމް އަތުން ފްރާންސް މޮޅުވެއްޖެ

78f3f280 bc43 11f1 bd21 bdf910f2cec6.jpg

ޗެކް ރިޕަބްލިކް އަތުން އިންގްލޭންޑަށް މޮޅެއް

Getty

މަންޗިނީގެ އިރުޝާދުގެ ދަށުން އިޓަލީއަށް ފުރަތަމަ މޮޅު