ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުރުކިޔޭގެ މައްޗަށް ފްރާންސް ކުރި ހޯދި މެޗުގައި އެމްބާޕޭއަށް އަނިޔާވެއްޖެ

C4f2d790 b91f 11f1 b685 519146636d7f.jpg
TTH_Ads
Maldivian_Ads
STO_Ads
Advertisement

މިހާރު ކުރިއަށްދާ ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ތުރުކިޔޭއާއި ދެކޮޅަށް ފްރާންސް ކުޅުނު މެޗު 1-0 އިން ފްރާންސް މޮޅުވެއްޖެއެވެ.

ތުރުކިޔޭގައި ކުޅުނު މި މެޗުގެ ގިނައިރު ފްރާންސް އިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެ ޓީމަށްވެސް ފުރުސަތުތައް ތަނަވަސް ކުރެވިފައިވަނީ ދާދި އެއްވަރަކަށެވެ.  މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި މައިކަލް އޮލިސޭ ދިން ޕާހަކުން ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ ފްރާންސްގެ ގައުމީ ޓީމަށް އެމްބާޕޭ ޖަހައިދިން 67 ވަނަ ލަނޑެވެ. ނަމަވެސް އެމްބާޕޭ މި ލަނޑު ޖެހިތާ ފަސްވަނަ މިނިޓުގައި އޭނާއަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފްރާންސްގެ ކޯޗު ޒިނެޑީން ޒިދާން ވަނީ އޭނާ ބަދަލުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޒިދާން ބުނެފައިވަނީ އެމްބާޕޭއަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް ގަބޫލުކުރެވޭ ކަމަށާއި ފްރާންސް އިން ކުރިއަށް އޮތް މެޗުތަކުގައި އޭނާ ނުކުޅޭނެ ކަމަށެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ތުރުކިޔޭގެ ގޯލުކީޕަރު ޕެނަލްޓީ އޭރިޔާ ބޭރުން ބޯޅައިގައި އަތްލުމުގެ ސަބަބުން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

HajjCop_ads
Advertisement

ފްރާންސްގެ ކޯޗު ކަމާއި ޒިދާން ހަވާލުވެފައިވަނީ އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި މި އަހަރު ނިމިގެންދިޔަ ފީފާ ވޯލްޑްކަޕަށްފަހު ޑިޑިއޭ ޑިޝޯމްޕް އެ މަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. ޒިދާން ގައުމީ ޓީމަކާއި ފުރަތަމަ ފަހަރަށް ހަވާލުވި ނަމަވެސް އޭނާ ވަނީ ސްޕެއިން ރެއާލް މެޑްރިޑަށް ކޯޗު ކޮށްދީ އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދަދީފައެވެ. އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ލަލީގާ ދެ ފަހަރު އޭނާގެ ކޯޗު ކަމުގައި ރެއާލް މެޑްރިޑްއިން ވަނީ ހޯދާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Getty

ތުރުކީ އަތުން އިޓަލީއަށް މޮޅެއް

GettyImages 2298293457

އޮލިސޭގެ ލަނޑުތަކުން ބެލްޖިއަމް އަތުން ފްރާންސް މޮޅުވެއްޖެ

78f3f280 bc43 11f1 bd21 bdf910f2cec6.jpg

ޗެކް ރިޕަބްލިކް އަތުން އިންގްލޭންޑަށް މޮޅެއް

Getty

މަންޗިނީގެ އިރުޝާދުގެ ދަށުން އިޓަލީއަށް ފުރަތަމަ މޮޅު