ކ. ހިއްމަފުށީ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ހިންގާ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.
މި މަޝްރޫއަކީ ހިއްމަފުށީގެ ގޮނޑުދޮށް ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ރަށުގެ ގިރާ ސަރަހައްދުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މަޝްރޫއުގެ ތެރެއިން ކުރިއަށްދާ ވެލި ފުރާފައިވާ ބްރޭކްވޯޓާ ޕްރޮފައިލްކުރުމުގެ މަސައްކަތަކީ ރަށުގެ ގޮނޑުދޮށަށް އަރާ ރާޅުތަކުގެ ބާރު ކަނޑުވާލުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތް ނިމުމުން ގޮނޑުދޮށް ގިރުން މަޑުޖެހި، ރަށުގެ ފަސްގަނޑު ހިމާޔަތްވެގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން ބްރޭކްވޯޓާ އެޅުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ އެހެނިހެން އިންޖީނިއަރިންގ މަސައްކަތްތައްވެސް ކުރިއަށްދާނެއެވެ. މަޝްރޫއުގެ މަސައްކަތްތައް މުޅިން ނިމުމުން ހިއްމަފުށީގެ އައްސޭރިފަށުގެ ސަރަހައްދަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު