ވ. ފުލިދޫގައި ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވެގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ތިރީސް ނުވަ އަހަރުގެ އަންހެނަކު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވީ ބ. ކުޑަރިކިލު، ރޮކެޓް، ޢާއިޝަތު އާތިފާއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ބެލެނިވެރިންނަށް ހިންގި މޫދު ކުލާހެއްގެ ތެރެއިންނެވެ. އާތިފާއަށް ނޭވާލާން އުނދަގޫވާކަމަށް ބުނެފައިވަނީ ކުލާހުގެ ވޯޓާ ބްރޭކް ވަގުތު އެއްގަމަށް އަރަން އުޅުމުގެ ތެރޭގައެވެ.

އޭނާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވަނީ އިއްޔެ އިރުއޮއްސި ހައެއް ޖެހިފަހުންނެވެ.
އާތިފާގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗްގައި މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު