ހޭންޑްބޯލް ކުޅުމަށް ޝައުގުވެރިވާ މީހުންނަށް ހާއްސަކޮށް ރެފްރީން ތަމުރީނު ކުރުމުގެ ކޯހެއް މާލޭގައި ފަށައިފިއެވެ.
ހޭންޑްބޯލް ރެފްރީންގެ ކޯސް އަންގާރަ ދުވަހު ފަށްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ވަހީދެވެ.
މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މި ކޯހަކީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 22 އިން އޮކްޓޯބަރު 2 އަށް ކުރިއަށްދާ ކޯހެކެވެ.

ހޭންޑްބޯލް ރެފްރީން ތަމްރީން ކުރުމުގެ ފުރަތަމަ ބެޗް ފެށީ 40 ބައިވެރިންނާއެކުއެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ތިއަރީ އަދި ޕްރެކްޓިކަލްގެ މުހިންމު ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯހުގައި އިސްކޮށް ހަރަކާތްތެރިވަނީ އިންސްޓްރަކްޓަރުން ކަމަށްވާ ޝިޒްނާ ރަޝީދާއި ރަފާހާ އިބްރާހީމެވެ.










ކިޔުންތެރިންގެ ހިޔާލު