ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފި

Qw
TTH_Ads
Maldivian_Ads
STO_Ads
Advertisement

ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ މަޝްރޫޢު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢަކީ ހިރިލަންދޫގައި މަސް ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މިއީ އެ ރަށުގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ތ. ހިރިލަންދޫގައި ދުވިސައްތަ މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކާއި، ދިހަ މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރެއްގެ އިތުރުން ސިފްރު ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމެއް ގާއިމުކުރާނެއެވެ. އަދި މަސް ޕްރޮސެސްކުރާނެ ޚާއްޞަ ސަރަޙައްދަކާއި ކޮމްޕްރެސަރ ރޫމަކާއި ކަރަންޓު ވިއުގައާއި ބެކަޕް ޖަނަރޭޓަރާއި އަލިފާނުން ރައްކާތެރިވުމުގެ ނިޒާމުވެސް ގާއިމުކުރާނެއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން އީއެލްވީ ނިޒާމުތައް އެޅުމާއެކު، އިމާރާތުގެ ބޭރުގެ އެންމެހައި މަސައްކަތްތައްކޮށް ސައިޓް އެއްކޮށް ތަރައްޤީކޮށް ނިންމުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނެއެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ދުވާލެއްގެ މައްޗަށް ތިރީސް ޓަނުގެ މަސް ގަނެ، މަހުގެ އެކި އުފެއްދުންތައް ތައްޔާރުކުރާ މި ރަށުގައި، ބާނާ މަސް ގިނަ ދުވަހަށް ތާޒާކަންމަތީ ރައްކާކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ މިހާރު ނުހަނު ބޭނުންތެރިވެފައިވާ ކަމެއްކަމަށެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް، މަސްވެރިން ބާނާ މަހަށް އެކަށީގެންވާ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން “ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓިވް މޮޑެލް” ގެ ދަށުން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތާއެކު ކޮމާޝަލް މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

ތ. ހިރިލަންދޫއަކީ އެއްހާސް އެއްސަތޭކަ ސާޅީސް ހައެއްގެ އާބާދީއެއް އޮތް، މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ރަށެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެވްރެޖްކޮށް ދުވާލަކު ތިރީސް ޓަނުގެ މަސް އެ ރަށަށް ބާލާއިރު، މަސްވެރިކަން ރަނގަޅު މޫސުންތަކުގައި މި އަދަދު ފަންސާސް ޓަނަށްވުރެ މައްޗަށް އަރައެވެ.

މިހާރުވެސް އެ ރަށުގެ ދިހައަކަށްވުރެ ގިނަ ފަރާތަކުން އަންނަނީ މަސް ކެއްކުމާއި، ހިއްކުމާއި، އަދި މަހުގެ އެކި އުފެއްދުންތައް ތައްޔާރުކުރުމުގެ މަސައްކަތް އަމަލީގޮތުން ކުރަމުންނެވެ. އެހެންކަމުން މި ރަށުގައި ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަކީ ރަށުގެ އިގްތިސާދަށާއި މަސްވެރިންނަށް ނުހަނު ބޮޑު މަންފާއެއް ކުރާނެ ކަމެކެވެ.

މަސް ބާނާ ވަގުތުން ފެށިގެން އޭގެ ތާޒާކަން ގެއްލުނަނުދީ ގިނަ ދުވަހު ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހުމުގެ ސަބަބުން، މަސް ކައްކާ ހިއްކާ ފަރާތްތަކަށް މެދުކެނޑުމެއްނެތި މަސް ލިބި، އުފެއްދުންތެރިކަން އިތުރުކުރުމަށް ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ. މީގެ އިތުރުން، ބާނާ މަސް އުކާލަން ނުޖެހި، ރައްކާކުރެވޭނެ ނިޒާމެއް ގާއިމުވުމަކީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ނަފާ ފުރިހަމައަށް ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mifco

މިފްކޯއަށް މަސްގަންނަ އަގު ބޮޑުކޮށްފި، މިއަދު ކިލޯއެއް 22ރ އަށް

988

ތައިލެންޑުގައި ބާއްވާ “ޓޫނާ 2026” ކޮންފަރެންސް ގައި މިފްކޯއިން ބައިވެރިވެއްޖެ

FHAM

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2026 ގައި މިފްކޯއިން ބައިވެރިވެއްޖެ

WhatsApp Image 2026 09 04 at 14.10.47

ސީފުޑް އޭޝިއާ އެކްސްޕޯގައި ބައިވެރިވި މަޤްސަދު ހާސިލުވެއްޖެ: މިފްކޯ