ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ އާއިލާއާ ސީޕީ ބައްދަލުކުރައްވައިފި

Main 20260921
TTH_Ads
Maldivian_Ads
STO_Ads
Advertisement

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ ޢާއިލާއާ ބައްދަލުކުރައްވައިފިއެވެ.

ކ. ކާށިދޫ އަދި ކ. ގާފަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ކޮމިޝަނަރ ވަނީ ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ އާއިލާގެ މެންބަރުންނާ ބައްދަލުކުރައްވާ، އެ ފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުއްވައި އެ އާއިލާއާއެކު ވަގުތު ހޭދަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއާއި ފުލުހުންގެ ޚިދުމަތުގެ އިސް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

HajjCop_ads
Advertisement

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ ވަނީ، ޝަހީދު ސާޖަންޓް އާދަމް ހަލީމް ގައުމީ ވާޖިބުގައި ފުރާނައިން ގުރުބާންވިތާ 14 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، އެމަނިކުފާނުގެ ގައުމީ ހިދުމަތުގެ ޒިކުރާއަކީ ފުލުހުންގެ މުއައްސަސާގައި އަބަދުވެސް ދިރި ހުންނާނެކަން ފާހަގަކުރައްވާފައެވެ.

އަދި އެތައް ދުވަހެއް ފާއިތުވެ ދިޔަ ނަމަވެސް، ގައުމީ ހިދުމަތުގައި ފުރާނަ ދޫކޮށްލި ފަހުރުވެރި އޮފިސަރުންގެ މަތިން ހަނދާންކުރުމާއި، އެ އޮފިސަރުންގެ އާއިލާތަކާ އޮންނަ ގާތް ގުޅުން ދެމެހެއްޓުމަކީ ފުލުހުންގެ މުއައްސަސާއިން ހާއްސަ ސަމާލުކަމެއްދެއްވާ ކަމެއްކަން ވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ސާޖަންޓް އާދަމް ޙަލީމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި 7 އަހަރާއި 5 މަހާއި 27 ދުވަހު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އާދަމް ހަލީމް ވަނީ، ރ. އަތޮޅާއި، ބ. އަތޮޅު އަދި ކ. އަތޮޅުގައި ޚިދުމަތް ކުރައްވާފައެވެ.

ކާށިދޫގައި ޚިދުމަތް ކުރައްވަމުން ގެންދަވަނިކޮށް، ގޭބަންދުގެ އަމުރަށް ނުކިޔަމަންތެރިވި ފަރާތެއް ހުއްޓުވުމުގެ ތެރޭގައި ދިން ހަމަލާއެއްގައި އާދަމް ޙަލީމް ޝަހީދުވީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. އާދަމް ޙަލީމަކީ ޤާނޫނު ނެގެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށް ދިން ރަހުމުކުޑަ ހަމަލާއެއްގައި ދިވެހި ފުލުހުންގެ ތާރީޚުގައި ޝަހީދުވެދިޔަ އެންމެ ފުރަތަމަ ފުލުސް އޮފިސަރެވެ.

އެ ހާދިސާއާ ގުޅިގެން އެމަނިކުފާނުގެ ރޭންކް ވަނީ ޕޮލިސް ލާންސް ކޯޕްރަލް އިން ޕޮލިސް ސާޖަންޓް ރޭންކަށް ޝަހީދުވުމުގެ ފަހުން އުފުލައި، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލް އަރުވާފައެވެ.

މީގެއިތުރުން، އާދަމް ޙަލީމް ޝަހީދުވި ދުވަހާ ގުޅުވައިގެން 2013 ވަނަ އަހަރުގެ ޖުލައި 23 އިން ފެށިގެން ކޮންމެ އަހަރަކު ވެސް “ޕޮލިސް މެމޯރިއަލް ޑޭ” ގެ ނަމުގައި ޚާއްޞަ ދުވަހެއް ފާހަގަކުރަމުން އަންނައިރު، މާލޭގައި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ވެސް ވަނީ ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ ނަންފުޅު ދެއްވާފައެވެ

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

ރޭގެ އެކްސިޑެންޓުގައި ދުއްވަން އިނީ ލައިސަންސް ނެތް ޒުވާނެއް: ފުލުހުން

ޕޮލިސް ސްޓޭޝަންތަކާއި އެކު އަތޮޅުތެރޭގެ ފުލުހުންގެ ޚިދުމަތް އިތުރު ހަރުފަތަކަށް

Igmh

ތޫނުއެއްޗަކުން ހަމަލާދިން ދެ މީހަކަށް ފަރުވާދެނީ

ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ނެޓްވޯކެއް، 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާ އަތުލައިގެންފި