ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެފްއެސްއެމްގެ ފިއުލް ސްޓޭޝަންތައް 7 ރަށެއްގައި، އިތުރު ތަންތަން މިއަހަރު ހުޅުވަނީ

STO_Ads
Maldivian_Ads
TTH_Ads
Advertisement

ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ސްޓޭޝަންތައް މިހާތަނަށް 7 ރަށެއްގައި ޤާއިމްކޮށް ޚިދުމަތް ދެމުންދާއިރު މިއަހަރު އިތުރު ތަންތަން ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެއެވެ.

މިއީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އެސްޓީއޯއާއި އެފްއެސްއެމް ގުޅިގެން ކުރަމުންދާ މަސައްކަތެކެވެ.

ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ހެދުމުގެ މަޝްރޫޢު އިފްތިތާހްކުރީ 2024ވަނަ އަހަރުގެ ނޮވެންބަރު މަސްތެރޭގައެވެ. މި މަޝްރޫޢަކީ، މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.

HajjCop_ads
Advertisement

ފިއުލް ސްޓޭޝަންތައް ޤާއިމްކުރާ 18 ރަށް:
• ރ. ދުވާފަރު
• ހއ. އިހަވަންދޫ
• ހދ. ހަނިމާދޫ
• ށ. މިލަންދޫ
• ބ. އޭދަފުށި
• ވ. ފެލިދޫ
• ފ. ނިލަންދޫ
• ދ. މީދޫ
• އދ. ދަނގެތި
• އއ. މަތިވެރި
• ތ. ހިރިލަންދޫ
• މ. މުލަކު
• ލ. ގަން
• ގދ. ފިޔޮރީ
• ގދ. ފަރެސްމާތޮޑާ
• ސ. ހުޅުމީދޫ
• ގއ. ދެއްވަދޫ
• ނ. މަނަދޫ

މީގެ ތެރެއިން ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ.ހަނިމާދޫ، ބ.އޭދަފުށި، ށ.މިލަންދޫ، އަދި ފ.ނިލަންދޫގެ އިތުރުން ދ. މީދޫގައި މިހާރު ވަނީ ފިއުލް ސްޓޭޝަންތައް ހުޅުވައި ޚިދުމަތް ދޭން ފަށާފައެެވެ.

އެފްއެސްއެމްއިން ވިދާޅުވީ މި ރަށްރަށުގެ އިތުރުން ނ. މަނަދޫ އަދި އދ.ދަނގެތީގައި ޤާއިމްކުރާ ސްޓޭޝަންތަކުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. މިއަހަރު ގިނަ ޝްޓޭޝަންތަކެއް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ވިދާޅުވިއެވެ.

މިމަޝްރޫއުގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފިއުލް ސްޓޭޝަންތައް ޤާއިމްކުރުމުގެ މަސައްކަތް އެފްއެސްއެމްއިން ދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ދ. ކުޑަހުވަދޫގައި ވަނީ ފިއުލް ސްޓޭޝަނެއް ޤާއިމްކޮށްފައެވެ. މީގެ އިތުރުން ވިލިމާލޭގައި ޤާއިމްކުރާ ފިއުލް ސްޓޭޝަންގެ ބޮޑު ބައެއް ވަނީ ނިންމާލާފައެވެ.

ގިނަ އަތޮޅުތަކުގައި ތެޔޮ ފޯރުކޮށްދެނީ އަމިއްލަ ފަރާތްތަކުންނެވެ. އޭގެ ސަބަބުން ތެޔޮ ގަންނަން ލިބެނީ އާއްމު ރޭޓަށްވުރެ އަގު ބޮޑުކޮށެވެ. މިކަން ޙައްލު ކޮށްދެއްވުމަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފިއުލް ސްޓޭޝަންތަކެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ރަށްރަށުންވެސް ހެޔޮ އަގުގައި ތެޔޮ ނުލިބުމަކީ ރައްޔިތުންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ސަރުކާރުން ފަށާފައިވާ މި މަޝްރޫޢުގެ ސަބަބުން ރައްޔިތުންގެ މި ކަންބޮޑުވުމަށް ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްޓީއޯގެ ދެކުނު ފޯރި ކުލަގަދަކޮށް މިއަހަރުވެސް ބާއްވައިފި

B 202608300414381788088478.8475

އިންޖިނިއަރިން ދާއިރާއިން ހާއްސަ ދެ ސްކޮލާޝިޕް އެސްޓީއޯއިން ތައާރަފުކޮށްފި

6745be31 9f7b 4135 ae94 f9cffbfef23b

އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް އެސްޓީއޯއިން ދަރިވަރުންނަށް ޚާއްޞަ ހަރަކާތްތަކެއް

Hassan

ފިހާރަތަކުން ބިސް ވިއްކުން ކޮންޓްރޯލް ކުރަނީ، އެކަމަކު ބޭނުންވަރަކަށް އެސްޓީއޯއިން ލިބޭ!