ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނިމާދޫގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށައިފި

STO_Ads
TTH_Ads
Advertisement

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ހދ. ހަނިމާދޫގައި ގާއިމުކުރި ފިއުލް ޝެޑުން ތެޔޮ ވިއްކަން ފަށައިފިއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހަނިމާދޫގައި ހުޅުވި މި ފިއުލް ޝެޑުން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 17:00 އަށް، އަދި ރޭގަނޑު 20:30 އިން މެންދަމު 00:00 އަށް ޚިދުމަތް ދޭނެއެވެ. މިއީ މާލެއާ އެއް އަގަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢުގެ ބައެކެވެ.

ބޮޑު ތިލަދުންމަތީގެ ތިން ރަށަކުން މި ޚިދުމަތް ދިނުމަށް ނިންމާފައިވާއިރު، ހއ. އިހަވަންދޫގައި ގާއިމުކުރި ޝެޑުން މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަނީ ޚިދުމަތް ދެމުންނެވެ. ހަނިމާދޫގެ އިތުރުން ދެން މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ށ. މިލަންދޫގައެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ޝެޑް ހުޅުވާފައިވަނީ ރ. ދުވާފަރުގައެވެ.

HajjCop_ads
Advertisement

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނެ ނިޒާމު ގާއިމުކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވީ 7 ނޮވެމްބަރު 2024 ގައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް އެސްޓީއޯގެ ކޮންޓްރޯލް ރޭޓުގައި، ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު މުޅި ރާއްޖޭގައި ގާއިމުކުރުމެވެ.

މި އައު ޚިދުމަތާއެކު، ހަނިމާދޫގެ ރައްޔިތުންނަށާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ތެލުގެ ޚަރަދު ކުޑަވެ، އިޤްތިޞާދީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

STO

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ

Img md 202607200737531784558273.0734

ޕިލިޕްސް ބްރޭންޑްގެ އޭސީ އެސްޓީއޯ ޕީޕަލް ޗޮއިސްއިން ލިބޭނެ

Io

ފިލިޕްސް ބްރޭންޑްގެ އޭސީތައް އެސްޓީއޯއިން މިހާރު ލިބޭނެ!

ސްޓޭޓްފާމާއަށް ބަދަލުކުރަން އެސްޓީއޯ ފާމަސީތައް ތިން ދުވަހަށް ބަންދު