ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ ބާ އިމްތިޙާނު ބާއްވައިފި

Big 8JbNHIRgphbtwpRIU4jqfzPvq
Maldivian_Ads
TTH_Ads
STO_Ads
Advertisement

138 ކެންޑިޑޭޓުންނާއެކު މިއަހަރުގެ ބާ އިމްތިޙާނު، ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު ބާއްވައިފިއެވެ.

މި އިމްތިޙާނު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގައެވެ.

މިއީ ކޮންމެ އަހަރަކު އެއްފަހަރު ބާ ކައުންސިލުން ބާއްވާ އިމްތިޙާނެކެވެ. މިއީ ރާއްޖޭގައި ޤާނޫނީ ޚިދުމަތްދިނުމަށް ބޭނުންވާ އެންމެ އަސާސީ ޤާނޫނީ ޢިލްމާއި ހުނަރު، އަލަށް ނުކުންނަށް ޤާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށް ދެވޭ އިމްތިޙާނެކެވެ. އަދި މިއީ އަލަށް ދާއިރާއަށް ނިކުންނަށް ވަކީލުންގެ ފެންވަރު ވަޒަންކުރުމަށް ދެވޭ ޤާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ “މިނިމަމް ބެންޗްމާކް” ކަނޑައަޅާ އިމްތިޙާނެކެވެ.

HajjCop_ads
Advertisement

ބާ ކައުންސިލުން ވިދާޅުވީ، މިއަހަރުގެ އިމްތިޙާނުގައި މައިގަނޑު 6 ދާއިރާއަކުން އިނގިރޭސި އަދި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ 120 މަލްޓިޕިލް ޗޮއިސް ސުވާލު ހިމަނާފައިވާކަމަށެވެ.

އިމްތިޙާނުގައި ހިމެނޭ މައިގަނޑު 6 ދާއިރާ:
• ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް
• ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ
• ލޭންޑް އެންޑް ލޯ ޕްރެކްޓިކްސް
• ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ
• ޓޯޓަލް ލޯ
• މޯލްޑިވިއަން ލީގަލް ސިސްޓަމްސް

ބާ އިމްތިޙާނުގެ ސިލަބަސް އެކުލަވާލަނީ ރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ޤާނޫނީ ވަކީލުންނާއި، ޤާނޫނީ ތަޢުލީމު އުނގަންނައިދޭ ބޭފުޅުން އަދި ފަނޑިޔާރުން ހިމެނޭގޮތަށް އެކުލަވާލެވޭ ބާ އިމްތިޙާނުގެ “ކޮމިޓީ އޮފް އެކްސްޕަރޓްސް” އިންނެވެ.

ބާ އިމްތިޙާނަށް ކެނޑިޑޭޓުން ތައްޔާރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ބާ ކައުންސިލުން ކޮންމެ އަހަރަކުވެސް ރީޑީންގ ލިސްޓެއް އެކުލަވާލާ ޝާޢިއުކޮށް އިމްތިޙާނުގެ ސިލަބަހުގެ ދާއިރާތަކުން ލެކްޗަރުތައް އިންތިޒާމްކުރެއެވެ. އެހެން އަހަރުތަކާ ޚިލާފަށް އިމްތިޙާނަށް ބައިވެރިން އަހުލުވެރިކުރުމުގެ ގޮތުންނާއި އިމްތިޙާނަށް ތައްޔާރުވުމަށް ބޭނުންވާ މަޢުލޫމާތުތައް ހިއްސާކުރުމުގެ ގޮތުން މިއަހަރު 5 އޮރިއެންޓޭޝަން ސެޝަނެއް އިންތިޒާމްކޮށްފައިވާކަމަށް ބާ ކައުންސިލުން ވިދާޅުވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis laamarukazee commitee

މަޝްރޫއުތައް ހިންގަން ކައުންސިލުތަކުން ބިން ނެގޭ ބިލް ކޮމިޓީން ފާސްކޮށްފި

445gf

ބާ ކައުންސިލްގެ އައު އުސޫލާ ދެކޮޅަށް ގާނޫނީ ދަރިވަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

މިހާތަނަށް 641 ފަރާތަކުން ބާ ކައުންސިލުގެ އިމްތިޙާނު ފުރިހަމަކޮށްފި

112

ގާނޫނީ ވަކީލަކަށް ހެދިގެން އުޅުނު މީހެއްގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފި