ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިހާތަނަށް 641 ފަރާތަކުން ބާ ކައުންސިލުގެ އިމްތިޙާނު ފުރިހަމަކޮށްފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

136 ކެންޑިޑޭޓުންނާއެކު 2025 ވަނަ އަހަރުގެ ބާ އިމްތިޙާނު ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު ބާއްވައިފިއެވެ. މި އަހަރުގެ އިމްތިޙާނު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައެވެ.

މި ޢަދަދާއެކު 2022 ގައި ތަޢާރަފްކުރެވި އަހަރަކު އެއް ފަހަރު ބާއްވަމުންދާ ބާ އިމްތިޙާނުގައި މިހާތަނަށް 641 ފަރާތަކުން މި ވަނީ ބައިވެރިވެފައެވެ.

ބާ އިމްތިޙާނަކީ ދިވެހިރާއްޖޭގައި ޤާނޫނީ ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ޤާނޫނީ ޢިލްމާއި ހުނަރު، އަލަށް ނުކުންނަ ޤާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށާއި ފެންވަރު ވަޒަންކުރުމަށް ދެވޭ، ޤާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ “މިނިމަމް ބެންޗްމާކް” ކަނޑައަޅާ އިމްތިޙާނެވެ.

HajjCop_ads
Advertisement

މި އަހަރުގެ އިމްތިޙާނުގައި މައިގަނޑު 6 ދާއިރާއެއް ކަމުގައިވާ ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ އަދި މޯލްޑިވިއަން ލީގަލް ސިސްޓަމްއިން، އިނގިރޭސި އަދި ދިވެހި ބަހުން ތައްޔާރުކުރެވިފައިވާ 120 ‘މަލްޓިޕްލް-ޗޮއިސް’ ސުވާލު ވަނީ ހިމަނާފައެވެ.

ބާ އިމްތިޙާނުގެ ސިލަބަސް އެކުލަވާލަނީ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ޤާނޫނީ ވަކީލުންނާއި، ޤާނޫނީ ތަޢުލީމު އުނގަންނައިދޭ ބޭފުޅުން އަދި ފަނޑިޔާރުން ހިމެނޭ ގޮތަށް އެކުލަވައިލެވޭ ބާ އިމްތިޙާނުގެ ‘ކޮމިޓީ އޮފް އެކްސްޕަރޓްސް’ އިންނެވެ.

ބާ އިމްތިޙާނަށް ކެންޑިޑޭޓުން ތައްޔާރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން ބާ ކައުންސިލުން ކޮންމެ އަހަރަކުވެސް ރީޑީންގ ލިސްޓެއް ޝާއިޢުކޮށް، އޮރިއެންޓޭޝަން ސެޝަނެއް ބާއްވައި އަދި އިމްތިޙާނުގެ ސިލަބަހުގެ ދާއިރާތަކުން ލެކްޗަރުތައް އިންތިޒާމުކުރެއެވެ.

އެގޮތުން މިއަހަރުވެސް، ބައިވެރިންނަށް ރިކޯޑުކުރެވިފައިވާ ލެކްޗަރުތަކާއި އަލަށް ސިލަބަހަށް އިތުރުކުރެވުނު ބައިތަކުން ލެކްޗަރުތައް ވަނީ ނަގައިދީފައެވެ. މި ލެކްޗަރުތައް އަމާޒުކުރެވުނީ އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ މެދުގައި ކުރެވުނު ދިރާސާއެއް މެދުވެރިކޮށް ފާހަގަކުރި ދާއިރާތަކަށެވެ. އިމްތިޙާނާ ގުޅުވައިގެން އިންތިޒާމުކުރާ ލެކްޗަރުތައް ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ މަންފާއަށްޓަކައި ބާ ކައުންސިލުގެ ޔޫ-ޓިޔުބް ޗެނަލުން އަބަދުވެސް ލިބެން ހުރެއެވެ.

މީގެ އިތުރުން، ބާ އިމްތިޙާނުގެ ސިލަބަހުގައިވާ 6 ދާއިރާ ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ނަމޫނާ ސުވާލު ކަރުދާހެއްވެސް ބާ ކައުންސިލުގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފިޒިއޮތެރަޕީގެ ދާއިރާއިން ފޯރުކޮށްދެވޭ ތަޢުލީމު ފުޅާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

HRTVNnJXsAI2DUY

ޤައުމީ ޔުނިވަރސިޓީގެ ފޮތް މަޢުރަޒު ފަށައިފި

ފަރުކޮޅު ހިމާޔަތްކޮށް ބަލަހައްޓަން ޚާއްސަ އުޅަނދެއް އެސަރަޙައްދަށް ގެންގޮސްފި

majilis laamarukazee commitee

މަޝްރޫއުތައް ހިންގަން ކައުންސިލުތަކުން ބިން ނެގޭ ބިލް ކޮމިޓީން ފާސްކޮށްފި