ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުއަޑީގެ ދިރުންތަކާއި މާހައުލާބެހޭ ދިރާސާ ހިއްސާކޮށްފި

Big Dt0cTq36vmLwC5SljfBFa8dxT
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ފުން ހިސާބުތައް ސާވޭކޮށް އެ ހިސާބުތަކުގެ ދިރުންތަކާއި މާހައުލާބެހޭ މައުލޫމާތުތަކުގެ ދިރާސާ ހޯދުންތައް އާންމުންނާ ހިއްސާ ކުރުމަށް ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި، އިނގިރޭސި ވިލާތުގެ ނެކްޓަން ފައުންޑޭޝަންއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން “ނެކްޓަން ފަސްޓް ޑިސެންޓް: މޯލްޑިވްސް”ގެ ހޯދުންތައް ހިއްސާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައި ކުރިއަށް ގެންދިޔަ އިވެންޓު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގޭ ޤައުމީ ޔުނިވާރސިޓީގެ ޗާންސެލަރ ޑރ.މަހަމޫދު ޝައުޤީއެވެ.

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި ކަނޑުތަކާ ބެހޭ ދިރާސާތައް ކުރާ އިނގިރޭސި ވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ނެކްޓަން ފައުންޑޭޝަން އާއި ގުޅިގެން، 2022ގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރުގައި ދިވެހިރާއްޖޭގެ 6 އަތޮޅެއްގައި ވަނީ ދިރާސައެއް ކުރިއަށްގެންގޮސްފައެވެ. އެ އަތޮޅުތަކުގެ ކަނޑުއަޑީގެ ފުން ހިސާބުތަށް ސާރވޭކޮށް، އެހިސާބުތަކުގެ ދިރުންތަކާއި މާހައުލާބެހޭ މައުލޫމާތު ނެގުމަށް، ފުރަތަމަ ފަހަރަށް ކުރެވުނު ދިރާސާ މަސައްކަތުގެ އަލީގައި މިހާތަނަށް ޝާއިރުކުރެވިފައިވާ ދިރާސާ ހޯދުންތައް އަދި އެއްކުރެވުނު މައުލޫމާތައް ބިނާކޮށް ކުރެވެމުންދާ އިތުރު މަސައްކަތްތައް އާންމުންނާ ވަނީ ހިއްސާކޮށްފައެވެ.

HajjCop_ads
Advertisement

މި ހަރަކާތުގައި ދިރާސާ އެކްސްޕެޑިޝަން ރޭވުމުގައާއި ދިރާސާ މަސައްކަތް ކުރުމަށް ހިންގުނު އޮޕެރޭޝަންތަކާއި، ކަނޑުއަޑީގެ ފުން ހިސާބުތަކަށް ސާރވޭކުރުމަށް ބޭނުން ކުރެވުނު ޓެކްނޮލޮޖީތަކާ ބެހޭ މައުލޫމާތު ވަނީ ދީފައެވެ. އަދި އެކްސްޕެޑިޝަން ހިނގައި ދިޔަ އިރު ކުރެވުނު މަސައްކަތްތަކަށް ބިނާކޮށް ކުރު ފިލްމް ކްލިޕްތަކެއްވެސް ދައްކުވާދެވުނެވެ.

މީގެ އިތުރުން، މިހާތަނަށް ހޯދުނު މައިގަނޑު ނަތީޖާތަކާއި، ޝާއިރުކުރެވުނު ދިރާސާތަކާއި، އަދި މިސާރވޭ އެކްސްޕެޑިޝަންގައި ނެގުނު މައުލޫމާތުތަކަށް ބިނާކޮށް ކުރެވެމުންދާ އެކިއެކި އެނަލިސިސްތަކާ ބެހޭ މަޢުލޫމާތާއި ކަނޑުއަޑީގެ ފުން ހިސާބުތަކުގެ ދިރުންތަކާއި ބެހޭ ގައިޑެއްވެސް ވަނީ ހުށަހަޅާފައެވެ. އަދި މިދިރާސާ މަސައްކަތުގައި ނެގުނު ސްޕެސިމެންސްތައް ދެނެގަތުމަށް މިހާތަނަށް ކުރެވުފައިވާ މަސައްކަތްތަކާއި ބޭއްވުނު ވޯކްޝޮޕްތަކާއި އެމަސައްކަތްތަކުގެ ހޯދުންތަކުގެ މައުލޫމާތުތައްވެސް ހިއްސާ ކުރިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފިޒިއޮތެރަޕީގެ ދާއިރާއިން ފޯރުކޮށްދެވޭ ތަޢުލީމު ފުޅާކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

HRTVNnJXsAI2DUY

ޤައުމީ ޔުނިވަރސިޓީގެ ފޮތް މަޢުރަޒު ފަށައިފި

ފަރުމަސް އާލާކުރުމުގެ ތަމްރީން ޕްރޮގްރާމުގެ 3 ވަނަ ބުރަށް ހުޅުވާލައިފި

ފަރުކޮޅު ހިމާޔަތްކޮށް ބަލަހައްޓަން ޚާއްސަ އުޅަނދެއް އެސަރަޙައްދަށް ގެންގޮސްފި