ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމީ ޔުނިވަރސިޓީގެ ފޮތް މަޢުރަޒު ފަށައިފި

HRTVNnJXsAI2DUY
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ އަހަރީ ފޮތް މައުރަޒު ރަސްމީކޮށް ފަށައިފިއެވެ.

މި މައުރަޒު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. ދިވެހި ލިޔުންތެރިންގެ ފޮތްތައް ހިމެނޭ މި މައުރަޒު ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ލިޔުންތެރިންގެ ހުނަރުތަކާއި އުފެއްދުންތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމާއި، ޝާއިޢު ނުކުރެވި ހުރި ފޮތްތައް ނެރުމަށް މަގުފަހިކޮށްދިނުމެވެ. އަދި އެއް ފުރާޅެއްގެ ދަށުން އެކި ބާވަތްތަކުގެ ފޮތްތައް އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، މުޖުތަމަޢުގައި ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމެވެ.

މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ގިނަގިނައިން ފޮތް ކިޔުމަކީ މީހާގެ ސިކުނޑި ތަނަވަސްވެ އިލްމީ ގޮތުން ކުރިއަރައިދާނެކަމެއްކަމަށެވެ. އަދި ތަފާތު ދާއިރާތަކާއި އެކި ބަސްބަހުން ލިޔެވިފައިވާ ފޮތްތައް ކިޔުމަކީ މައުލޫމާތުގެ ހަޒާނާ މުއްސަނދިވެ، ފިކުރީ ގޮތުންނާއި އިލްމީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޤައުމީ ޔުނިވަރސިޓީން މިފަދަ މާހައުލެއް ފަހިކޮށްދެއްވުމަކީ ދަރިވަރުންނަށާއި، ދިރާސާވެރިންގެ އިތުރުން ފޮތް ލިޔެ ވިއްކާ ފަރާތްތަކަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ގިނަ ގިނައިން ފޮތް ކިޔުމަކީ މީހާ މޮޅުވާނެ ކަމެއް. މަދުން ފޮތްކިޔާ މިހާއާއި ގިނައިން ފޮތްކިޔާ މިހާއާއި ތަފާތުވާނެ. އެމީކަކު ގިނައިން ފޮތްކީމިންވަރަކުން އެމީހެއްގެ ސިކުޑި ތަނަވަސްވެ، އެމީހަކު މޮޅުވެގެންދާނެ. އަދި ތަފާތު ދާއިރާތަކުގެ ފޮތްތަށް ކިޔާމީހުން އިތުރަށް މޮޅުވެގެންދާނެ. ތަފާތު ދާއިރާތަކުގެ މައުލޫމާތުތަށް ހަޒާނާކުރުމަކީ ވަރަށް މުހިންމު ކަމެއް. ތަފާތު ބަސްބަހުން ލިޔެފަ ހުންނަ ފޮތްތަށް ކިޔުމަކީ އެމީހާއަށް އިލްމީ ގޮތުން ވަރަށްގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް.

ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

ލިޔުންތެރިންނާއި ފޮތް ވިއްކާ ފަރާތްތަކަށް އެއްވެސް ފީއަކާ ނުލައި ހިލޭ ބައިވެރިވެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ މި މައުރަޒުގައި ތުއްތު ކުދިންނާއި ބޮޑެތި މީހުންގެ ވާހަކަ ފޮތްތަކުގެ އިތުރުން، ޢާންމު މަޢުލޫމާތު ލިބޭ ފޮތްތަކާއި، ސްކޫލް ސްޓޭޝަނަރީ އަދި ދިވެހިންގެ ތަފާތު އުފެއްދުންތައް ލިބެން ހުންނާނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަރުކޮޅު ހިމާޔަތްކޮށް ބަލަހައްޓަން ޚާއްސަ އުޅަނދެއް އެސަރަޙައްދަށް ގެންގޮސްފި

އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމް ކުރިއަށް ގެންދަވައިފި

މެރިން ސައިންސް ސިމްޕޯސިއަމް ފަށައިފި

Big 8m9SAh38lflJCJNUdNTv2SX27

ރާއްޖެއިން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން އިނގިރޭސިވިލާތުން ބަލައިގަންނަން ފަށައިފި