މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ލ. ކައްދޫ އެއާޕޯޓު ތެރެއިން ތިރީސް އެކެއް އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާވަށު، ހަޒާރުމާގެ، އަބްދުﷲ ގާސިމް އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ލ. ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ ސޯދަސް ވަނަ ދުވަހުގެ ރޭ ނުވަގަޑި ތޭރަ ހާއިރުއެވެ. ކައްދޫ އެއާޕޯޓު ތެރެއިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ނަގޫފާހާގަކުރެވޭ އެކާވީސް ޕޮއިންޓް ތިނެއް ހަތަރެއް ގުރާމުގެ ތަކެތި ވަނީ ފެނިފައެވެ.

އަބްދުﷲ ގާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ފަނަރަ ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުންގެ އިދާރާއިން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު