ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ޓީޗަރުންނަށް ބޭނުންވާ ޢިލްމާއި ވަސީލަތްތައް ފޯރުކޮށްދޭންޖެހޭ: ނައިބު ރައީސް

TTH_Ads
STO_Ads
Maldivian_Ads
Advertisement

ބަދަލުވަމުން އަންނަ ދުނިޔޭގައި ޓީޗަރުންގެ ޢިލްމާއި ތަޖުރިބާއަކީ މުހިންމު އެއްޗެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މި ރަސްމިއްޔާތުގައި ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށް ޓީޗަރުން އަދާކުރައްވާ ދައުރުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު ވިދާޅުވީ ބައިނަލްއަގުވާމީ ޓީޗަރުންގެ މަހާސިންތާތައްފަދަ ހަރަކާތަތްކަކީ ޤައުމުގެ މުސްތަގުބަލު ބިނާކުރުމަށް ޓީޗަރުން ކުރައްވަމުންދާ މަސައްކަތުގައި މުހިންމު ހަރަކާތްތަކެއް ކަމަށެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ދުނިޔޭގެ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭގޮތުން މަޝްވަރާކުރެވި ޓީޗަރުން އިސްނަގައިގެން ހަދާ ދިރާސާތަކަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލުމަށް ޕްލެޓްފޯމެއް ލިބިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މިފަދަ މަހާސިންތާތަކުގައި ހިއްސާކުރާ މައުލޫމާތަކީ ބަދަލުވަމުން އަންނަ ދުނިޔެއަށް މުހިންމު އެއްޗެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ އެ ބަދަލުތަކާއެކު ތަޢުލީމީ ނިޒާމުވެސް ބަދަލުވާންޖެހޭ ކަމަށެވެ. އެގޮތުން، އާޓިފިޝަލް އިންޓެލިޖެންސަކީ ޓީޗަރުންނަށް އައު ފުރުސަތުތައް ފަހިކޮށްދީ ދަރިވަރުންނަށްވެސް ގިނަ ފައިދާތަކެއް ފޯރުކޮށްދޭ ވަސީލަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ޒިންމާދާރު ޓީޗަރެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަަށް އަދާނުކުރެވޭނެ ކަމަށާއި ދަރިވަރުން ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް އެންމެ ފުރިހަމަ މަސައްކަތެއް ކުރެވޭނީ ޓީޗަރުންނަށް ކަމަށެވެ. އެހެންވެ ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ޓީޗަރުންނަށް ބޭނުންވާ ޢިލްމާއި ވަސީލަތްތައް ފޯރުކޮށްދެވެންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އެއްވެސް ޓެކްނޮލޮޖީއަކަށް ޒިންމާދާރު ޓީޗަރެއްގެ ދައުރު އަދާނުކުރެވޭނެ. ޓެކްނޮލޮޖީން ވަސީލަތްތައް ފޯރުކޮށްދިން ނަމަވެސް ދަރިވަރުންނަށް އެ ކުދިންގެ ފުލް ޕޮޓެންޝަލް ރިއަލައިޒް ކުރުވަނީ ޓީޗަރުން. އެހެންވެ އަޅުގަނޑުމެންގެ އަމާޒަކަށްވާންޖެހޭނީ ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ޓީޗަރުންނަށް ބޭނުންވާ ޢިލްމާއި ވަސީލަތްތައް ފޯރުކޮށްދޭން،” ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ފުރިހަމަ ތަޢުލީމީ ނިޒާމެއްގައި ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރެއްގެ ފުރިހަމަ ގާބިލުކަމަށް ވާސިލްވުމުގެ ފުރުސަތު ފަހިވެފައި އޮންނަންވާނެ ކަމަށެވެ. އަދި ޓީޗަރުންވެސް ތަޢުލީމު ފޯރުކޮށްދޭންވާނީ އެ ކުއްޖަކާ ގުޅޭގޮތްތަކަށް ބަލައިގެން ކަމަށާއި ކްލާސްރޫމްތައްވެސް ގާއިމުވެފައި ހުންނަންވާނީ އެ ކުދިންނަށް އެ ފުރުސަތުތައް ފަހިވާގޮތަށް ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ޤައުމުގެ ކުރިއެރުމަށް ޓެކްނިކަލް ދާއިރާތަކުންނާއި ވޮކޭޝަނަލް ހުނަރުތައް ލިބިފައިވާ ޒުވާނުން މުހިންމު ކަމަށާއި ތަޢުލީމީ ނިޒާމުގެ ތެރެއިން ވޮކޭޝަނަލް އެޑިއުކޭޝަންވެސް މުހިންމު ކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސް ފަށައިފި

01J9QS46FQ75PJCT286NJVHWVW

ބައިނަލްއަޤްވާމީ ޓީޗަރުންގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

01J9QS46FQ75PJCT286NJVHWVW

ޓީޗަރުންގެ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި