ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓީޗަރުންގެ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

01J9QS46FQ75PJCT286NJVHWVW
TTH_Ads
STO_Ads
Advertisement

އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރެންސްގެ 8 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއީ
މި ކޮންފަރެންއަކީ ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެންއައިއޭގެ ފަރާތުން މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ޤާއިމުކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްތަކުގެ ސަބަބުން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވި، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރެވިދާނެ ކަންކަމާމެދު ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު މުދައްރިސުންނަށް ލިބިދެއެވެ.

ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 12 އިން 13އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު ޢަލީ ސްކޫލްގައެވެ.

HajjCop_ads
Advertisement

މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުދައްރިސުންނަށާއި، ސްކޫލްތަކުގެ އިސްވެރިންގެ އިތުރުން ތަޢުލީމީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ވަނީ ހުޅުވާލެވިފައެވެ. ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 29 ވަނަ ދުވަހެވެ. މިއަހަރުގެ ކޮންފަރެންސް ޚާއްސަކޮށްފައިވަނީ “ރީއިމޭޖް، ރީތިންކް، ރިފޯމް- އެޑްވާންސިން އިނޮވޭޝަން ފޯރ އޭން އިކުއިޓެބަލް އެންޑް ރެސިލިއަންޓް ފިއުޗަރ” މި ޝިއާރަށެވެ.

ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން 60 އަށްވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 4 ވޯކްޝޮޕަކާއި، 2 ޕެނަލް ޑިސްކަޝަން އަދި 2 ކީނޯޓް ސެޝަން ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

ކޮންފަރެންސްގައި އަލިއަޅުވާލެވޭނެ މުހިންމު މައުޟޫޢުތަކުގެ ތެރޭގައި ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާއި ދިނުމާއި ގުޅުންހުރި އެކި މައުޟޫޢުތަކާއި، ކުދިން ޝައުޤުވެރިވާނެ ގޮތަށް ކިޔަވައިދޭނެ ގޮތްތަކާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ބަލަންޖެހޭ ކަންތައްތަކާއި ކޯޑިންގ އަދި ރޮބޮޓިކްސްފަދަ ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތައް ހިމެނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Teachers

ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދޭން ފަށައިފި

ސްޓައިޕެންޑް ދޭން ހުޅުވާލައިފި