ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި

Original
TTH_Ads
STO_Ads
Maldivian_Ads
Advertisement

ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ ހަވީރު ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

ބައްދަލުވުން އިފްތިތާޙުކޮށްދެއްވައި، ވާހަކަދައްކަވަމުން ޝަހީމް ވަނީ، ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުމަށް ދަޢުވަތު ދެއްވީތީ ޖަމްޢިއްޔަތުއްސަލަފްގެ އިސްވެރީންނަށް ޝުކުރު އަދާކުރައްވާފައެވެ.

HajjCop_ads
Advertisement

އަދި ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ދަޢުވަތުގެ މައިދާނަށް ވަރަށް ބޮޑެތި އިންޤިލާބީ ބަދަލުތަކެއް ސަލަފުން ގެނެސްދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

“ޖަމްޢިއްޔަތުއްސަލަފް، މި ނަމަކީ އަޅުގަނޑުމެންނަށް ވަރަށް ފަރިތަ ނަމެއް. ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދަޢުވަތުގެ މައިދާނަށް، ވަރަށް ބޮޑު އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދިން ވަރަށް ވަރުގަދަ އޮގަނައިޒޭޝަނެއް” އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ޖަމްޢިއްޔާ އުފެދިގެން އައި ދުވަސްވަރާއި އަދި އޭގެ ކުރީގެ ޙާލަތު މި ފަހުގެ ޖީލުތަކުގެ ކުދީންނަށް ފެނިފައި ނެތްނަމަވެސް، ޖަމްޢިއްޔަތުއްސަލަފް އުފެދިގެން އައި ދުވަހުންފެށިގެން، ވަރަށް ސާބިތުކަމާއެކުގައި އިސްލާމީ ދަޢުވަތުގެ މައިދާނުގައި އިސްލާމްދީނުގެ މަތިވެރި ޞައްޙަ ޢަޤީދާ ރާއްޖޭގެ ކަންކޮޅުތަކުގައި ދިރުވުމަށް ޖަމްޢިއްޔާއިން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކުންފުނިތަކާއި ވިޔަފާރީގެ އަހުލުވެރީންނާ، ތަނަވަސްކަމުގެ އަހުލުވެރީން، މިފަދަ ދަޢުވަތުގެ މަސައްކަތްތަކަށް ހޭދަކޮށް އެހީތެރިވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

އިއްޔެ ބޭއްވުނު ޖަލްސާގައި، ޖަމްޢިއްޔަތުއްސަލަފުން ކުރަމުން އަންނަ ދަޢުވަތުގެ އެންމެހާ ކަމެއްގައި، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު އަދި ވުޒާރާއިން ވަމުންދާ އެހީތެރިކަމާއި، އެއްބާރުލުން ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ، ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުالله ބުނު މުޙައްމަދު އިބްރާހީމްއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ ދުޢާތުންގެ މަޖިލީހުގެ 2 ވަނަ އަހަރީ ބައްދަލުވުމުގެ ޓައިޓްލް ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކެވެ. އަދި އޮފިޝަލް ޕާޓްނަރުގެ ގޮތުގައި އެޗްޑީސީ ބައިވެރިވާއިރު، ޓްރެވެލް ޕާޓްނަރުގެ ގޮތުގައި ބައިވެރިވަނީ އެމްޓީސީސީއިންނެވެ. މުޅި އިވެންޓުގެ މީޑިއާ ޕާޓްނަރަަކީ ދާރިސްޓީވީއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު