މި ޚިދުމަތުގެ ޓެކްނިކަލް މުވައްޒަފުންނަށް ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ، މި ޚިދުމަތުގެ ސައިބަރ ސެކިއުރިޓީ ރެސްޕޯންސްގެ ފެންވަރާއި، ސީނިއަރ މެނޭޖުމަންޓުގެ މުވައްޒަފުންނަށް އަމާޒުކޮށް އެގްޒެކެޓިވް ކްރައިސިސް މެނޭޖްމަންޓްގެ ފެންވަރު ދެނެގަތުމެވެ.
މި ޕްރޮގްރާމުގައި، ސައިބަރ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޓެކްނިކަލް އަދި ޕޮލިސީ ލެވެލްގެ ނިންމުންތައް ނިންމާނެ ގޮތުގެ ސިނާރިއޯތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫ.އޭ.އީ ސަރަކުރާރުގެ ސައިބަރ ސެކިއުރިޓީ ކައުންސިލު ގުޅިގެން ކުރިއަށްގެންދާ ސައިބަރ ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން، ޔޫ.އޭ.އީގެ ސީ.ޕީ.އެކްސް ކޮމްޕެނީއާ ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ސެޕްޓެމްބަރު 8 އިން 9 އަށް ދެ ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި އެކްސަސައިޒްގައި ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީގެ ސައިބަރ ކްެރައިމް އަދި ސައިބަރ ސެކިއުރިޓީއާއި، ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗަރ އަދި ޑިޖިޓަލް އެންޑް އާޓިފިޝަލް އިންޓެލިޖެންސް ސާވިސަސްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން، ކޮމިޝަނަރ ބިއުރޯއާއި، ސްޓްރެޖެޓިކް ޕްލޭނިންގ އެންޑް ލީގަލް ސާވިސަސްއާއި، ހިއުމަން ރިސޯސަސްއާއި، ފައިނޭންސް މެނޭޖްމަންޓް އަދި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ބަހާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.










ކިޔުންތެރިންގެ ހިޔާލު