ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަތުރުވެރިކަމުގެ މަސައްކަތް ކުރިއަށް ނުދާ ތަންތަނުގެ އެއްބަސްވުން އުވާލަނީ

Images
TTH_Ads
Maldivian_Ads
STO_Ads
Advertisement

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި، ފަޅުތަކާއި ބިންތަކުގެ ތެރެއިން، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުނިމި ހުރި ތަންތަނާމެދު ޢަމަލުކުރާނެ އުޞޫލުތައް ބަޔާންކުރާ ޤަވާޢިދަށް އަމަލުކުރަން ފަށައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ޝާޢިއުކޮށްފައިވާ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން، ދިގު މުއްދަތެއް ވެގެންދިޔައިރުވެސް މަސައްކަތް ނުނިމި ހުރި ތަންތަނާމެދު ޢަމަލުކުރާނެ ގޮތުގެ އައު ގަވާއިދުގައި 8 އަހަރަށް ވުރެ ދިގުމުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލުމަށް ވަނީ ހިމަނާފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޤަވާދިުގައި މިފަދަ ބައެއް ރަށްތަކަކީ 25 އަހަރަށް ވުރެ ދިގު މުއްދަތެއް އޮޕަރޭޝަނަށް ނުގެނެވި ހޭދަވެފައިވާ ރައްތަކަށް ސަރުކާރުން ފާހަގަކުރެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވާގޮތުގައި، ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްޤީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަނެއް ވެއެވެ. އަދި މިފަދަ ތަންތަނުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 537 މިލިއަން އެމެރިކާ ޑޮލަރު މިހާތަނަށް ނުލިބިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. މިފަދަ މަޝްރޫޢުތައް ނުނިމި ދިގުލައިގެން ދިއުމަކީ ރައްޔިތުންނަށާއި ދައުލަތަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެކެވެ. އެގޮތުން، ދައުލަތަށް ލިބެންޖެހޭ ޓީ.ޖީ.އެސް.ޓީ އާއި، ގްރީން ޓެކްސް އާއި، އެއާޕޯޓް ޓެކްސް ފަދަ ޓެކްސްތައް ނުލިބުމާއި، އަދި މީގެ ސަބަބުން ރައްޔިތުންނަށް ފަހިވާންޖެހޭ ވަޒީފާގެ ފުރުޞަތުތައް ހަނިވެގެންދެއެވެ.

HajjCop_ads
Advertisement

ދައުލަތުގެ މިފަދަ އަގުހުރި ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ބޭނުންނުކުރެވި، ދިގު މުއްދަތަކަށް ވަކި ފަރާތްތަކެއްގެ ބާރުގެ ދަށުގައި ހުރުމަކީ، ޤައުމުގެ އިޤްތިޞާދީ ކުރިއެރުމާއި ތަރައްޤީއަށް އެޅޭ ބޮޑު ހުރަހެކެވެ. މި މައްސަލަތަކަށް ޙައްލެއް ހޯދުމުގެ ގޮތުން އެކުލަވާލައި ޢާންމުކުރި މި ގަވާއިދުގެ ދަށުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމާއި، އަލުން ތަރައްޤީކުރުމަށް (ރީ-ޑިވެލޮޕްމަންޓަށް) ތަން ބަންދުކޮށް މުއްދަތު ދިނުމުގެ އިތުރުން، ކުލި ފަސްކުރުމާއި ފަސްކުރެވޭ ކުލި އަލުން ދެއްކުމާ ގުޅޭ ހަރުދަނާ އުޞޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އަދި ހަމައެއާއެކު، ތަރައްޤީނުކޮށް ގިނަ ދުވަސް ވެފައިވާ ތަންތަނާމެދު ޢަމަލުކުރާނެ ޚާއްޞަ އިޖުރާއާތުތަކެއްވެސް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ފަތުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ އައު ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ބައެއް ތަންތަން ޓަރމިނޭޓު ކުރެވުމާއި ހުއްޓިފައިވާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތްތައް އަލުން ފެށި، އެ ތަންތަން ވީ އެންމެ އަވަހަކަށް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourists

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ 7 ވަނައަށް އޮސްޓްރޭލިއާ

88887

ރިސޯޓެއްގައި މޫދަށް އެރިއުޅުނު ދެ ފަތުރުވެރިއަކު ގެނބިގެން ފަރުވާދެމުންދަނީ

ނިލާ ކޮރަލް އައިލެންޑް ރިސޯޓް ރަސްމީކޮށް ހުޅުވައިފި

tourists

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިޔަން ފަތުރުވެރިން