އެމްޑަބްލިއުއެސްސީގެ ޑްރައިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.

ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު  ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.

އޭގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު: 16/2026) އަށް، ޑްރައިވަރުން އަހުލުވެރިކުރުވުމުގެ ގޮތުން، މި ގާނޫނުގެ މުހިންމު ބައިތައް ވެސް ޕްރޮގްރާމުގައި ކިޔައިދީފައިވެއެވެ. ޕްރޮގްރާމުގައި ކިޔަވައިދެއްވީ ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަން އޮފިސަރުންނެވެ.

އިޝްތިހާރު އިޝްތިހާރު