ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޖިނޭރުންގެ ދުވަހުގެ ސައިޓް ވިޒިޓް ބާއްވައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅުވައިގެން، 168 ރަށެއްގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހާއްސަ ސައިޓް ވިޒިޓް ޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ހަރަކާތްތައް ހާއްސަކޮށްފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންނަށެވެ.

މި ސައިޓް ވިޒިޓްތަކުގެ މައިގަނޑު މަގުސަދަކީ ދަރިވަރުން އިންޖިނޭރިން ދާއިރާއަށް އަހުލުވެރިކޮށް، އެ ދާއިރާއާ ގުޅުވައިދިނުންކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި ހަމައެހެންމެ، ސައިންސާއި، ޓެކްނޮލޮޖީ، އިންޖިނޭރިން އަދި މެތެމެޓިކްސްގެ ދާއިރާތަކުން ކުރިއަށްދިއުމަށް ދަރިވަރުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު ބޭނުމެއްކަން ވެސް ވުޒާރާއިން ފާހަގަކުރެއެވެ.

HajjCop_ads
Advertisement

މި ޕްރޮގްރާމްގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށާއި އެ ކުންފުނީގެ އެކި ފެސިލިޓީތަކަށް ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން އެމްޓީސީސީން އެކި ރަށްރަށުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ސައިޓުތަކަށް ވެސް ދަރިވަރުން ޒިޔާރަތްކުރިއެވެ. މި ޒިޔާރަތްތަކުގައި އިންޖިނޭރިން މަސައްކަތްތައް އަމަލީ ގޮތުން ހިނގާ ގޮތް ދަސްކޮށްދީ، ދަރިވަރުންނަށް މައުލޫމާތު ސާފުކުރުމާއި ސުވާލުކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ.

މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ސެޝަންތައް ކުރިއަށްގެންދިޔައީ ހެނދުނާއި ހަވީރުގެ ވަގުތުތަކަށް ބަހާލައިގެންނެވެ. އެގޮތުން މާލެ ސަރަހައްދުގެ ދަރިވަރުން ވަނީ ތިލަމާލެ ބްރިޖް މަޝްރޫއުގެ ސައިޓަށް ޒިޔާރަތްކޮށް، މުހިންމު ތަޖުރިބާތަކެއް ހޯދާފައެވެ.

ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޯގަސްޓް 30 ވަނަ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ސައިޓް ވިޒިޓްތަކުގެ އިތުރުން އެހެނިހެން ހަރަކާތްތައް ވެސް ވަނީ ރާވާފައެވެ. އެގޮތުން އޮގަސްޓް 29 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވާއިރު، މި މުނާސަބަތާ ގުޅިގެން ބާއްވާ ހާއްސަ އިންޖިނިއާސް އެވޯޑް ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު