އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް 1000އަށްވުރެ ގިނަ އެނދު ނެރެފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެވުޒާރާއިން އާންމުކުރި ތަފާސް ހިސާބުތަކުގައިވާގޮތުން މި އަހަރުގެ ސެޕްޓެންބަރު 5 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމަށް ޖުމްލަ 68,544 އެނދު ވަނީ ނެރެފައެވެ. މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަަމަށް ނެރެފައިވަނީ ޖުމްލަ 67,475 އެނދެވެ. އެހެންކަމުން މިއީ 1,069 އެނދުގެ އިތުރުވުމެކެވެ.
ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު 68,500 އަށްވުރެ މައްޗަށް އަރާފައިވާއިރު، މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 45,891 އެނދާއި، ގެސްޓުހައުސްތަކުގެ 17,268 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,481 އެނދުގެ އިތުރުން ހޮޓާތަކުގެ 2,654 އެނދެވެ.

އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 179 ރިސޯޓު، 956 ގެސްޓުހައުސް، 172 ސަފާރީ، އަދި 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,323 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، ސެޕްޓެންބަރު 5 ވަނަ ދުވަހުގެ ނިޔަލަށް މުޅި ޖުމްލަ 1.4 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު