ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ބްލޫސް ފެމެލީ ނައިޓް” ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާންމުންނަށް ހުޅުވާލާފައި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ދިވެހި ފުލުހުންގެ ޚދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ “ބްލޫސް ފެމެލީ ނައިޓް” މިރޭ ސޯޝަލް ސެންޓަރުގައި އޮންނާނެއެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުރިހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ.

މި ޝޯ ކުރިއަށްދާނީ މިރޭ 8:30 އިން 11:00 އަށެވެ. މި ޝޯގައި ލައިވް އެންޓަޓެއިންމަންޓާއި، ސަގާފީ ހަރަކާތްތަކާއި، މިއުޒިކާއި، ނެށުމުގެ އިތުރުން ފުލުހުންގެ އެކި ބަހާތަކާއި އެކި ފަންނާނުން ތައްޔާރުކޮށްފައިވާ ހާއްސަ އައިޓަމްތައް ފެނިގެންދާނެއެވެ.

މިރޭގެ ޝޯގައި މަޝްހޫރު ފަންނާނު ބާރަށު ޝިޔާމްގެ ހުށަހެޅުންތަކާއި، ހަބޭސް ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ އައިޓަމްތައް ހިމެނެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ސްޓޫޑެންޓް ޔޫނިއަން ގެ ޑާންސް އަދި ބޮޑުބެރު ގްރޫޕްގެ ހުށަހެޅުންތަކާއި، މަޖާ ކޮމެޑީ އައިޓަމްތައް ވެސް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޝޯގައި ފޯރިގަދަ 14 އައިޓަމެއް ފެނިގެންދާނެއެވެ.
ސްޓޭޖް ހަރަކާތްތަކުގެ އިތުރުން، ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ އިތުރުން އާންމު ރައްޔިތުންނަށް އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މި އިވެންޓް ކުރިއަށްދާ ސަރަހައްދުގައި ކާބޯތަކެތި ވިއްކާ ސްޓޯލްތައް ވެސް ގާއިމުކުރެވިފައިވާނެއެވެ.

HajjCop_ads
Advertisement

ބްލޫސް ފެމެލީ ނައިޓް” އަކީ ފުލުހުންނާއި ފުލުހުންގެ އާއިލާތައް އަދި އާންމު ރައްޔިތުން އެކުވެރި، އުފާވެރި މާހައުލެއްގައި ބައްދަލުވެ، ގުޅުން ބަދަހިކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Nimaal

ހައިވޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި އެންމެން ޑްރަގަށް ޕޮޒިޓިވްވެއްޖެ

B 0RhA4o2amoyZSAf3DtVFfWcHY

މާލޭގައި އާންމުންނަށް އުނދަގޫކުރަމުންދިޔަ މީހާ ފުލުހުން ހައްޔަރުކޮށްފި، އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ!

police

ވަގަށް ނަގާފައިވާ ސައިކަލެއްގައި އެހެން ނަންބަރު ބޯޑެއް ހަރުކޮށްގެން ދުއްވި ބިދޭސީ ދެ މީހަކު މާލެއިން ހައްޔަރުކޮށްފި

Hulhumale

ވީޑިއޯއިން ފެންނަނީ ހުޅުމާލޭގައި ކުޅޭކުޅޭ ބަޑިތަކެއް ގެންގުޅޭ މަންޒަރު: ފުލުހުން