ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މ. އަތޮޅުގެ ޗެމްޕިއަންކަން ދިއްގަރަށް

STO_Ads
TTH_Ads
Maldivian_Ads
Advertisement

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ މ. އަތޮޅުގެ ޗެމްޕިއަންކަން ދިއްގަރުން ހޯދައިފިއެވެ.

އަތޮޅު ޗެމްޕިއަންކަން ދިއްގަރުން ހޯދީ ފައިނަލުގައި ވޭވަށުގެ މައްޗަށް 1-3އިން ކުރިހޯދައިގެންނެވެ.
މުލީ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ދިއްގަރުންނެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ވާއިލް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1އިން ދިއްގަރު ކުރީގައި އޮވެގެންނެވެ.

HajjCop_ads
Advertisement

ދެވަނަ ހާފު ފަށައިގެން ވޭވަށުން ކުޅުން ރަނގަޅުކޮށް، ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. ދެވަނަ ހާފުގެ ހަތްވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ މުޙައްމަދު އަޒާން އިސްޙާގެވެ.
ވޭވަށުން ނަތީޖާ ހަމަހަމަކުރިތާ ހަތަރު މިނެޓުފަހުން މުއްސަބު ބިން އަޙްމަދުގެ ލަނޑުން ދިއްގަރުން އަލުން ލީޑުނެގިއިރު، އޭގެ ހަމިނެޓުފަހުން މުޙައްމަދު ޞާޤިބް ވަނީ ދިއްގަރުގެ ލީޑު ފުޅާކޮށްދީފައެވެ.

މި ނަތީޖާއިން މެޗުން މޮޅުވެ ދިއްގަރުން އަތޮޅު ޗެމްޕިއަންކަން ހޯދިއިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިއްގަރުގެ ވާއިލްއެވެ.

މުޅި މުބާރާތުގެ ވަކިވަކި އެވޯޑުތަކަށް ބަލާލާއިރު، މ. އަތޮޅުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ދިއްގަރުގެ ވާއިލް އާއި އިކްރާމް ހުސެއިންގެ އިތުރުން ނޫޙް މަސްޢޫދުއާއި ވޭވަށުގެ މުޙައްމަދު ނަވީން ނަސީމް އަދި ނާފިޒް އަބްދުލް ޝަކޫރެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވާއިލްއެވެ. ޓޮޕް ސްކޯރަރ އަކީވެސް އޭނާއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ދިއްގަރުގެ އަޙްމަދު ރީހާން ހޮވުނުއިރު ފެއަރ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ މުލީގެ މުޙައްމަދު ފަޒީލް އެވެ. ފެއާ ޕްލޭ ޓީމަކީ މުއްޔެވެ.

ވޭވަށް ބަލިކޮށް ދިއްގަރުން މ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުމާއިއެކު، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގައި 12 އަތޮޅެއްގެ ޗެމްޕިއަނުން މިހާރު ވަނީ ކަށަވަރުވެފައެވެ. އެއީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ނ. މަގޫދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ހިންނަވަރު، އއ. މަތިވެރި، އދ. ދަނގެތި، ކ. ގާފަރު، ފ. ނިލަންދޫގެ އިތުރުން، ދ. މާއެނބޫދޫއެވެ.

އަތޮޅުގެ ބުރުގެ މެޗުތައް ނުނިމެނީ ތ. ލ. ގއ. އަދި ގދ. ގައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

90

ދިއްގަރުގައި ފާނަބަސަނދު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

Q

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

ދިއްގަރު މަސްވެރިކަމުގެ އުފެއްދުންތައް ބްރޭންޑުކޮށް، މާކެޓުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ސަރުކާރުގެ ސިޔާސަތުތަކުން މާދަމާ ކުރާނީ ފައިދާ: ނާޒިމް