ށ.ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.
އެމްޓީސީސީން ބުނީ ޅައިމަގުގައި ތަރައްޤީކުރާ ބަނދަރުގެ މަސައްކަތުގެ 95 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.
ޅައިމަގު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ އެރަށު ރައްޔިތުންގެ އުންމީދެކެވެ. އެރަށުގެ ބަނދަރު ކުޑަވުމުގެ ސަބަބުންނާއި، ބަނދަރު ފަޅު ތިލަވުމުގެ ސަބަބުން ލަފާފުރާ ދޯނިތަކަށް ވެސް ވަރަށް ބޮޑަށް ދަތިވެފައިވާއިރު، ރައްޔިތުން ތިބީ ބަނދަރުގެ މަސައްކަތް ނިމޭނެ ދުވަހެއްގެ އިންތިޒާރު ގައެވެ.

ޅައިމަގަކީ ގިނައަދަދެއްގެ އޮޑިދޯނި ފަހަރު ގެންގުޅޭ ރަށަކަށް ވުމުން މި ބަނދަރާއިއެކު އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ކައުންސިލުން ބުންޏެވެ. އަދި މި ބަނދަރާއިއެކު ރަށުގެ ވިޔަފާރި ފުޅާވެ ރަށަށް ލިބޭ އާމްދަނީއަށްވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް ގަބޫލު ކުރެވޭކަމަށްވެސް ކައުންސިލުން ބުންޏެވެ.










ކިޔުންތެރިންގެ ހިޔާލު