ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝޫޓިން ޓީމްގެ އީޝާ އަމިއްލަ ރެކޯޑް އާކޮށްފި

Image 870x 6ab005b8bef9d
TTH_Ads
STO_Ads
Maldivian_Ads
Advertisement

ޖަޕާނުގައި މިހާރު ކުރިއަށްދާ،20 ވަނަ އޭޝިއަން ގޭމްސްގައި ޝޫޓިން ޓީމްގެ އައިޝަތު އީޝާ ޝަހީދު ގައުމީ ރެކޯޑެއް އާ ކޮށްފިއެވެ.

އީޝާ މި ރެކޯޑް އާކޮށްފައި ވަނީ އޭޝިއަން ގޭމްސްގައި މިއަދު އޮތް އަންހެނުންގެ 10 މީޓަރު އެއަރ ރައިފަލް އިވެންޓްގައި 624.1 ޕޮއިންޓް ހޯދައިގެންނެވެ. މީގެ ކުރިން އީޝާ މި ރެކޯޑް ހަދާފައިވަނީ 2025 ވަނަ އަހަރު ނޭޝަނަލް ޝޫޓިންގ ސްޕޯޓްސް ޗެމްޕިއަން ޝިޕްގައި ވާދަކޮށް 609.6 ޕޮއިންޓު ހޯދައިގެންނެވެ.

ނަގޯޔާގެ ޖެނެރަލް ޝޫޓިންގ ގެލެރީގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޝޫޓިން އިވެންޓްގައި ދިވެހި އިތުރު ދެޝޫޓަރުންވެސް ވަނީ މިކެޓަގަރީއިން ވާދަކޮށްފައެވެ. އެގޮތުން ދިވެހި ޓީމްގެ އައިޝަތު އީން އަސްލަމް ވަނީ މިއަދުގެ އިވެންޓްގައި 609.9 ޕޮއިންޓް ހޯދާފައެވެ.

HajjCop_ads
Advertisement

މީގެ އިތުރުން ދެން މިކެޓަގަރީގައި ވާދަކުރި ދިވެހި ޝޫޓަރު އައިނާ ޝޮއުއާ އަޚްތަރު އިބްރާހީމް ވަނީ 599.5 ޕޮއިންޓް ހޯދާފައެވެ. މިއަދުގެ މި އިވެންޓްގައި އެކި ގައުމުތަކުން ޖުމްލަ 55 ޝޫޓަރުން ވާދަކުރިއެވެ.

މާދަމާ އޮންނަ ފިރިހެނުންގެ 10 މީޓަރު އެއަރ ރައިފަލް އިވެންޓްގައިވެސް ދިވެހި 3 ޝޫޓަރުން ބައިވެރިވާނެއެވެ. އެއީ އަޙްމަދު މާހިދު މުޙައްމަދު، އުމަރު މުޙައްމަދު ނަޝީދުގެ އިތުރުން އިބްރާހީމް ޝިފާނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑެއް ލޫތު އައުކޮށްފި

އަންހެނުންގެ ލޯންގކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް ޤައުމީ ރެކޯޑު މިރާލް އާކޮށްފި

އޭޝިއާ ސަރަޙައްދުގެ އެންމެ ބޮޑު ކުޅިވަރު ޢީދު “އޭޝިއަން ގޭމްސް” ފަށައިފި

އޭޝިއަން ގޭމްސްއަށް ރާއްޖޭގެ 3 ކުޅިވަރަކުން ފުރައިފި