ޖަޕާނުގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ރާއްޖޭގެ ކުޅަދާނަ ފެތުންތެރިޔާ ލޫތު މުޙައްމަދު ޙުސައިން އައުކޮށްފިއެވެ.
މިއީ މީގެ ކުރިން ވެސް ލޫޠުގެ އަތުގައި އޮތް ރެކޯޑެކެވެ. އޭޝިއަން ގޭމްސްގައި ލޫތު މި ރެކޯޑު އައުކޮށްފައިވަނީ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓް 00:30.98 އިން ނިންމައިގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު ލޫތު މީގެ ކުރިން ހަދާފައިވަނީ ސްކޮޓްލަންޑްގެ ގްލާސްގޯގައި ކުރިއަށްދިޔަ 23 ވަނަ ކޮމަންވެލްތު ގޭމްސްގައެވެ. އެ ފަހަރު އޭނާ މި އިވެންޓު ފުރިހަމަކުރީ 00:31.54 އިންނެވެ.

މިފަހަރުގެ އޭޝިއަން ގޭމްސްގައި ލޫތުގެ އިތުރުން ވެސް ރާއްޖޭގެ އެހެން ބައެއް ފެތުންތެރިން ވަނީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދައި، ޤައުމީ ރެކޯޑުތައް އައުކޮށްފައެވެ. އެގޮތުން، ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑް މުޙައްމަދު ރިހާން ޝިހާމް އައުކޮށްފައިވާއިރު، އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މިރާލް އައިން ލަތީފް ވަނީ އައުކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު