ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވުމަށްފަހު ސިޔާސީ ކަންކަމާއި ދުރަށް ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ “އަރާއިރު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީގޮތުން ހާސިލުކުރައްވަން ބޭނުންވެވަޑައިގެންނެވި ގިނަ ކަންކަން މިހާރު ހާސިލުވެފައިވާ ކަމަށެވެ. ނަމަވެސް އެންމެ ބޮޑަށް ދެކެވަޑައިގަންނަވާ ހުވަފެނަކީ ރައީސް މުއިއްޒަކީ މި ނިޒާމުގެ ދަށުން ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާ ފުރަތަމަ ރައީސް ކަމުގައި ހެއްދެވުން ކަމަށް އޭނާ ވިދާޅުވި އެވެ.
“އެކަން ހާސިލުކުރަން ވެސް ބޭނުން، އެކަމަށްޓަކާ މަސައްކަތް ކުރާނަން ފުރުސަތު ލިބުނު ވަރަކުން. އެ މަސައްކަތުގައި އަޅުގަނޑު ދެމި ހުންނާނަން. އޭގެ ފަހުން ދެން އަޅުގަނޑު ސިޔާސީ ކަންކަމާ ދުރަށް ދާނީ،” އަބްދުއްރަހީމް
Advertisement
ރައީސް މުއިއްޒަށް ތައުރީފު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މުއިއްޒު ވެރިކަން ކުރައްވަނީ ގައުމުގެ މިނިވަންކަމާއި އިސްލާމްދީނަކީ ވަކިކުރެވެން ނެތް ދެ ކަންތައްކަން ދެނެވަޑައިގެން ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އައްސަވައިގެން ވެރިކަން ކުރައްވާ ހަމައެކަނި ރައީސަކީ މުއިއްޒު ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.











ކިޔުންތެރިންގެ ހިޔާލު