ދަރިންނަށް ދޭންޖެހޭ ހަރަދު ނުދީގެން ކ. ކާށިދޫ، ހެޕީނައިޓް، އަހްމަދު އަންވަރު ދެ މަސްދުވަހަށް ޖަލަށްލައި، އޭނާގެ ވަނަވަރާއި ފޮޓޯ ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުން އާންމުކޮށްފިއެވެ.
ލަންދޫ މެޖިސްޓްރޭޓް ކޯޓުން ބުނީ އޭނާއާ ބެހޭ މައުލޫމާތު އާންމުކޮށްފައިވަނީ ޢާއިލާއާ ބެހޭ ގަވާއިދުގެ 55 ވަނަ މާއްދާގެ ކ. ގެ 5 ވަނަ ނަމްބަރުގެ ދަށުން ކަމަށެވެ. މިއީ ދަރިންގެ ހަރަދު ނުދޭ މައްސަލަތަކުގައި ކޯޓުން އަޅަމުންދާ ތަންފީޒީ ފިޔަވަޅުތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ.
އެ ކޯޓުން އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ ދަރިންނަށް ހަރަދު ނުދޭ މައްސަލައިގެ ތަންފީޒީ ފިޔަވަޅެއްގެ ގޮތުން އަންވަރު ދެ މަހަށް ޖަލުގައި ބަންދުކުރުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.

ދަރިންގެ ހަރަދު ނުދޭ މީހުންގެ ނަން ހާމަކުރުމަށް ފެމިލީ ކޯޓުން ފުރަތަމަ ނިންމާފައިވަނީ 2018 ވަނަ އަހަރުއެވެ. އޭގެފަހުން ރާއްޖޭގެ ތަފާތު ކޯޓުތަކުން އަންނަނީ ހަރަދު ނުދޭ މީހުންގެ ވަނަވަރާއި ފޮޓޯ ގަވާއިދުން އާންމު ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު