ހދ. ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ހުރިހާ އަމަލީ މަސައްކަތްތަކެއް ނިންމައި، އެ ނިޒާމު ޓެސްޓްކޮށް ކޮމިޝަންކުރުމުގެ މަސައްކަތް ދެ ހާސް ސައްވީސް ވަނަ އަހަރުގެ އޮގަސްޓު އެގާރަ ވަނަ ދުވަހު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަޝްރޫޢަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޯފިޑް) ގެ ލޯނު އެހީއާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫޢެކެވެ. މި މަސައްކަތް ޙަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާއިންނެވެ.
މި ނިޒާމު ޓެސްޓްކޮށް ކޮމިޝަންކުރުމުގެ މަސައްކަތް ނެއްލައިދޫގައި ކުރިއަށްދިޔައިރު، މިނިސްޓްރީގެ ޓެކްނިކަލް މުވައްޒަފުންގެ އިތުރުން މަޝްރޫޢުގެ ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަން އަދި ނެއްލައިދޫ ކައުންސިލުން އަމަލީގޮތުން ބައިވެރިވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި ފެން ޓެސްޓްކުރެވޭނެ އާލާތްތަކާއެކު ޒަމާނީ ލެބޯރަޓަރީއަކާއި އޮފީސް ޖާގަ ހިމެނޭހެން އާރުއޯ ޕްލާންޓް އިމާރާތެއް ވަނީ ބިނާކޮށްފައެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނިޒާމު ހިންގުމަށްޓަކައި އެ އިމާރާތުގައި އެކާވީސް ކިލޯވޮޓުގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.
ފެނުގެ ނިޒާމުގެ ދަށުން ދެ ބޯހޯލް ތޮރުފައި، ދުވާލަކު ތިރީސްފަސް ޓަނުގެ ފެން އުފެއްދޭ ދެ އާރުއޯ ޕްލާންޓާއި، ބޯފެން ރައްކާކުރުމަށް ދެސަތޭކަ ޓަނުގެ ދެ ޓޭންކުގެ އިތުރުން ދެސަތޭކަ ޓަނުގެ ވާރޭފެން ރައްކާކުރާ ޓޭންކެއް ވަނީ ބަހައްޓާފައެވެ. އަދި ރަށުގެ އެކި ސަރަޙައްދުތަކަށް ފެން ފޯރުކޮށްދިނުމަށް އަށެއް އިންސައްތަ އަށެއް ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ވަނީ އަޅާފައެވެ.
ނަރުދަމާ ނިޒާމުގެ ދަށުން ހަތެއް އިންސައްތަ ފަހެއް ކިލޯމީޓަރުގެ ނަރުދަމާ ވިއުގައަކާއި، ދެ ޕަންޕިންގ ސްޓޭޝަން އަދި ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓާއެކު ސީ އައުޓްފޯލް އެޅުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. މީގެއިތުރުން ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ކެޗްޕިޓް ބެހެއްޓުމާއި ފެން މީޓަރު ހަރުކުރުމުގެ މަސައްކަތްވެސް ވަނީ ފުރިހަމަކޮށްފައެވެ.
މި މަޝްރޫޢުގެ ހުރިހާ އަމަލީ މަސައްކަތެއް ނިމި، ނިޒާމު ޓެސްޓްކޮށް ނިމިފައިވާއިރު، ދެން ކުރިއަށްދާނީ މި ނިޒާމު ރަސްމީކޮށް އޮޕަރޭޓްކުރުމަށްޓަކައި އޮޕަރޭޓަރާ ޙަވާލުކުރުމުގެ މަސައްކަތްތަކެވެ.








ކިޔުންތެރިންގެ ހިޔާލު