މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މި މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ކަމަށެވެ.
މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 23 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބޭނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނަރުކަމަށް ކުރިމަތިލާން މީގެކުރިން ހުޅުވާލީ މިއަހަރުގެ ޖުލައި 22 ވަނަ ދުވަހު އެވެ. މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމް ހުސްވީ، ކުރިން އެ ޒިންމާ އަދާކުރެއްވި ފާތިމަތު އަމީޒާ އެ އިދާރާގެ ކޮމިޝަނަރަކަށް އައްޔަންކުރެއްވުމުންނެވެ.








ކިޔުންތެރިންގެ ހިޔާލު