ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

6 އަތޮޅަކުން 15 ސަރަހައްދެއްގައި ރިސޯޓު ތަރައްޤީކުރުމަށް ބިޑަށް ހުޅުވާލައިފި

Resorts
STO_Ads
Maldivian_Ads
TTH_Ads
Advertisement

ފަހުގެ ތާރީޚެއްގައި ފަތުރުވެރިކަމުގެ މަޝްރޫޢުތަކަށް އެއްފަހަރާ އެންމެ ގިނަ ބިންތައް ދޫކުރި މި ބުރުގައި ހަލާލް ޓޫރިޒަމަށް ޚާއްޞަ ސަރަޙައްދުތަކެއް ހިމެނެއެވެ.

ރާއްޖޭގެ 6 އަތޮޅަކުން 15 ސަރަހައްދެއްގައި ރިސޯޓު ތަރައްޤީކުރުމަށްޓަކައި ބިޑު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ހުޅުވާލައިފިއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ފަތުރުވެރިކަމުގެ މަޝްރޫޢުތަކަށް އެއްފަހަރާ މިހާ ގިނަ ބިންތަކެއް ދޫކުރުމަށް ނިންމެވި ފުރަތަމަ ފަހަރެވެ. މިފަހަރު ރިސޯޓު ތަރައްޤީކުރުމަށް ސަރަޙައްދުތައް ހުޅުވާލާފައިވަނީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ލ. އަތޮޅު އަދި އައްޑޫ ސިޓީންނެވެ.

HajjCop_ads
Advertisement

އުތުރުގެ ސަރަހައްދުތަކުން 200 ހެކްޓަރުގެ 10 ފަޅެއް ބިން ހިއްކައިގެން ރިސޯޓު ހެދުމަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. މިއިން ކޮންމެ ތަނެއްގައި މަދުވެގެން 150 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ ހއ. މާދޫނި ފަޅުގެ 3 ސައިޓަކާއި، ހދ. މަކުނުދޫ ފަޅުގެ ސައިޓް 2، ހދ. މާފަރު ފަޅުގެ 3 ސައިޓެއްގެ އިތުރުން ށ. ގޮނާ ފަޅުގެ 3 ސައިޓެވެ. މި ފަޅުތަކަށް ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 18 ވަނަ ދުވަހެވެ.

އޭގެ އިތުރުން ރިސޯޓު ތަރައްޤީކުރުމަށްޓަކައި ދެ ރަށެއްވެސް ވަނީ ބިޑަށް ހުޅުވާލާފައެވެ. އެއީ ށ. ނަލަންދޫ އާއި ނ. ފަރުމުލިއެވެ.

ނ. ފަރުމުލިއަކީ މި ބުރުގައި އެންމެ އަގުބޮޑުކޮށް ހުޅުވާލި ރަށެވެ. އެ ރަށުގެ އެކިއުޒިޝަން ކޮސްޓަކީ 2.25 މިލިއަން އެމެރިކާ ޑޮލަރެވެ. ނ. ފަރުމުލީގައި 150 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭއިރު، އެ ރަށުގެ ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 17 ވަނަ ދުވަހެވެ. ށ. ނަލަންދޫގައި މަދުވެގެން 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭއިރު، އެ ރަށަށް ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 23 ވަނަ ދުވަހެވެ.

މި ބިޑްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އިސްލާމީ އުޞޫލުތަކަށް ފެތޭ ‘ހަލާލް ޓޫރިޒަމް’ އަށް ޚާއްޞަކޮށްގެން ތިން ސަރަޙައްދެއް ކަނޑައަޅާފައިވުމެވެ. އެއީ ހދ. މަކުނުދޫ ފަޅުން 200 ހެކްޓަރުގެ ސަރަޙައްދަކާއި، ލ. ފޮނަގަދޫގެ 8.18 ހެކްޓަރުގެ ބިމުގެ އިތުރުން އައްޑޫ ސިޓީގެ ދޮންހެރަ ހިމެނޭ ސަރަޙައްދެވެ.

މި ރިސޯޓުތަކުގައި އޫރުމަހާއި ރާ ވިއްކުން މަނާވާނެއެވެ. އަދި ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ލިބެން ހުންނަންޖެހޭނެއެވެ. މީގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް ވަކިން ސްޕާގެ ޚިދުމަތް ދިނުމާއި، މުވައްޒަފުންނާއި ފަތުރުވެރިންނަށް ވަކި މިސްކިތްތައް ހުންނަންޖެހޭނެއެވެ.

މިފަދަ މަޝްރޫޢުތަކަށް ހިތްވަރު ދިނުމުގެ ގޮތުން އިމްޕޯޓް ޑިއުޓީން 20 އިންސައްތައިގެ ލުޔެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި ބުރުގައި ހުޅުވާލެވުނު ހުރިހާ ސަރަޙައްދެއްވެސް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުން ޖީއެސްޓީއަށް ދަފުތަރުވާން މީރާއިން ހުޅުވާލައިފި

Images (16)

ރާއްޖެއާއި ބަލްގޭރިއާގެ ޝެޑިއުލް ދަތުރުތައް ނޮވެމްބަރުގައި ފަށަނީ

mira

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތައް ރަޖިސްޓަރވުމަށް ޚާއްޞަ ޕޯޓަލެއް

Big NhkLOPavQ4ildFHn6SJQok5mL

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ނިންމަން 1 އަހަރުގެ މުއްދަތެއް