ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވްސް ޓޫރިޒަމް އެވޯޑް: 8 ފެސިލިޓީއަކަށް 10 އެވޯޑެއް

TTH_Ads
STO_Ads
Advertisement

މިއަހަރުގެ މޯލްޑިވްސް ޓުއަރިޒަމް އެވޯޑް ހަފްލާގެ ތެރެއިން 8 ފެސިލިޓީއަކަށް ޖުމްލަ 10 އެވޯޑެއް ދީފިއެވެ. ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި މޯލްޑިވްސް ޓުއަރިޒަމް އެވޯޑް ހަފްލާ ޝަރަފްވެރިކޮށްދެއްވީ، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑް ދިނުމުގެ މައިގަނޑު މަޤްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކުންފުނިތަކުގެ އަގުވަޒަންކުރުންކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

“މޯލްޑިވްސް ޓުއަރިޒަމް އެވޯޑް” ހަފްލާގެ ތެރެއިން ޖުމްލަ 8 ފެސިލިޓީއަކަށް 10 އެވޯޑެއް ދީފައިވެއެވެ. އޭގެތެރޭގައި ޓޫރިސްޓް ރިސޯޓުތަކާއި، ޓޫރިސްޓް ހޮޓެލްތަކާއި، ޑައިވް ސެންޓަރުތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން، ޓްރެވަލް އެޖެންސީތައް ހިމެނެއެވެ.

HajjCop_ads
Advertisement

މި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ކުރިއަށްއޮތްތަނުގައި މި އެވޯޑަށް ކެޓެގަރީތައް އިތުރުކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރައްވަމުން އަންނަކަމަށެވެ.

“މިއަދު އަޅުގަނޑު އިއުލާނުކޮށްލަން ބޭނުންވޭ ދެން އަންނަ ޓޫރިޒަމް އެވޯޑް ހަފްލާއަކަށް ކެޓަގަރީތައް އިތުރުުރެވޭނެ ވާހަކަ. އޭގެތެރޭގައި، ވިމެން އެމްޕަވަރމެންޓް، ރާއްޖޭގެ ސަޤާފަތާއި އާދަކާދަ ދައްކުވައިދޭ މަސައްކަތްތައް ކުރާ ފަރާތްތައް އަދި ހަމައޭގެއިތުރަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އިންޑިވިޖުއަލް ފަރާތްތަކަށް ޚާއްސަ ކެޓެގަރީއެއްވެސް ތަޢާރަފްކުރަން އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން.” ވަޒީރު

ފަތުރުވެރިކަމުގެ ސިނާއަތަށް ޚާއްސަކޮށްގެން ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއިން އަންނަނީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކުންފުނިތަކުގެ އަގުވަޒަންކުރުމަށް އެ ފަރާތްތަކަށް ޚާއްސަކޮސްގެން “މޯލްޑިވްސް ޓޫރިޒަމް އެވޯޑް” ހަފްލާ ކޮންމެ އަހަރުކުވެސް ބާއްވަމުންނެވެ.

އެގޮތުން މިއަހަރު އެވޯޑު ދީފައިވަނީ 2023 ވަނަ އަހަރުގެ ޖޫން އިން މިދިޔަ އަހަރުގެ މޭއިމަހުގެ ނިޔަލަށް އެވޯޑްތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ދައުލަތަށް ލިބުނު އާމްދަނީ އެއް ބިލިއަން ޑޮލަރަށް އަރައިފި

427519 3 fd51bf33174d10bcfe710558c713c2a4112656dc

ދެ އެއަރލައިނަކުން ޔޫރަޕްގެ 8 ސިޓީއަކާ ރާއްޖެ ގުޅުވާލަނީ

tourist

ޓޫރިސްޓް ވިސާ ފަސޭހަކަމާއެކު އިތުރުކުރެވޭނެ ގޮތް ހަދައިފި

43

އޭޑަލްވައިސް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ