ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖޫން މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ

MPL
މާލޭގެ ވިޔަފާރި ބަނދަރު
TTH_Ads
Maldivian_Ads
STO_Ads
Advertisement

މިދިޔަ ޖޫން މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ މޭމަހު ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ މޭމަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ 322 މިލިޔަން ރުފިޔާއެވެ.

ޖޫން މަހު ރާއްޖެއަށް 6.7 ބިލިޔަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، މިއީ މޭ މަހަށްވުރެ 21.8 އިންސައްތަ އިތުރުވުމެކެވެ. އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން (1,601 މިލިޔަން ރުފިޔާ)، އިންޑިއާ (1,502 މިލިޔަން ރުފިޔާ) އަދި ޗައިނާ (922 މިލިޔަން ރުފިޔާ) އިންނެވެ. އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލާއި ގޭހުގެ ބާވަތްތަކުގެ އިތުރުން ކެއިންބުއިމުގެ ބާވަތްތަކެވެ.

އެކްސްޕޯޓަށް ބަލާއިރު، ޖޫން މަހު ރާއްޖެއިން 153 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ. މިއީ މޭ މަހު އެކްސްޕޯޓުކުރި 98 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 56 އިންސައްތައިގެ ކުރިއެރުމެކެވެ.

HajjCop_ads
Advertisement

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ 95 މިލިޔަން ރުފިޔާގެ މުދަލެވެ. ދެވަނައަށް އެންމެ ގިނައިން އިނގިރޭސިވިލާތަށް (23 މިލިޔަން ރުފިޔާ) އެކްސްޕޯޓުކޮށްފައިވާއިރު، ތިންވަނައަށް އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ އިންޑިއާއަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

އެމްއެމްއޭ ރިސަރޗް ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

MMA

ބޭރުފައިސާއާއި ބެހޭ އައު ޤާނޫނާއެކު އާމްދަނީ 40 އިންސައްތައަށް އަންނަ މަހު މާރުކުރަން ޖެހޭނެ

Qw

ބޭރު ފައިސާއާބެހޭ ގާނޫނަށް އައި މައިގަނޑު ބަދަލުތަކަކީ ކޮބާ؟

mma

އެމްއެމްއޭގެ އިންޓާންޝިޕަށް 400 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފި