ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓީޓީ ވެރިފިކޭޝަނާ ގުޅޭ އެމްއޯޔޫއެއްގައި ރާއްޖޭގެ ހުރިހާ ބޭންކުތަކާއެކު ކަސްޓަމްސް އިން ސޮއިކޮށްފި

WhatsApp Image 2026 08 27 at 16.40.49 (1)
STO_Ads
Maldivian_Ads
TTH_Ads
Advertisement

ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ސޮއިކުރީ މިއަދުއެވެ. މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާގުޅޭގޮތުން، ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު، ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ބަދަލުކުރާނެ ސިސްޓަމެއް ގާއިމުކުރެވިގެންދާނެއެވެ.

މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ، މުދާ އެތެރެކުރުމަށް ޓީ.ޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުޢާމަލާތްތަކާއި، އަދި އެތެރެކުރެވޭ މުދަލުގެ މަޢުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކޮށް ވިޔަފާރިއާ ގުޅުންހުރި މާލީ މުޢާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމެވެ.

HajjCop_ads
Advertisement

މި ފަހުމުނާމާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް  ފާތިމަތު ދިޔާނާއެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ ސީ.އީ.އޯ އިންނާއި މެނޭޖިންގ ޑައިރެކްޓަރުންނެވެ.

މި މަސައްކަތް ވިލަރެސްކުރާނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA munavaru

އިޤްތިޞާދުގައި ދައުރުވާ ފައިސާގެ ތެރެއިން 3 ބިލިޔަން ރުފިޔާ ނަގައިފި

tourist arrival

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

Shujaau

އަމިއްލަ ބޭނުމަށް ދުންފަތް އެތެރެކުރުމުގައި ފަތުރުވެރިންނަށް ދީފައިވާ ލުއިތައް ދިވެހިންނަށް ވެސް ލިބޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

mma

ޑޮލަރުން މުސާރަ ލިބޭގޮތަށް އޮންނަ އޮތުން ބަދަލުކުރުމަކީ ދިގު މުއްދަތުގެ ގޯލެއް: މުނައްވަރު