ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭސް ރައްކާކުރާ ގުދަންތައް އަތޮޅުތަކަށް ފުޅާކުރަނީ

state pharma
STO_Ads
TTH_Ads
Advertisement

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭސް ރައްކާކޮށްފައި ބަހައްޓާނެ ގުދަންތައް ތަރައްޤީކުރުމުގެ ވިސްނުން އެބަހުރިކަމަށް ސްޓޭޓް ފާމަސޫޓިކަލްސްގެ މެނޭޖިން ޑިރެކްޓަރ ޑރ.ޝާހް މާހިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާން” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ.ޝާހް ވިދާޅުވީ އެސްޓީއޯއިން ރާއްޖެއަށް ބޭސް އެތެރެކޮށް އެ ޚިދުމަތް ފޯރުކޮދިނުމަށް ކުރި މަސައްކަތުގެ ތެރެއިން އޭރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ބޭހުގެ ގުދަންތައް ތަރައްޤީކުރުމަށް ނިންމާފައި އޮތްކަމަށެވެ.

މިހާރު ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި އޮތުމުން ކުރިން އެސްޓީއޯގެ ބޭހުގެ މައި ގުދަން އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފައިވާކަމަށާއި އިތުރު ގުދަންތައްވެސް އެކުންފުނިން ބަލަހައްޓަމުންދާކަން ޑރ.ޝާހް ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ލޮޖިސްޓިކް ކަންކަން ރަނގަޅުކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭހުގެ ގުދަންތައް ތަރައްޤީކުރުމުގެ ވިސްނުން ހުރިކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. ނަމަވެސް މިވަގުތު މަސައްކަތްތައް ކުރަމުންދަނީ މައި ގުދަނުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭސް ފޮނުވުމަށްކަމަށެވެ.

“އެ މަސައްކަތް ކުރަމުން މިދަނީ. އަދި މި މަސައްކަތް ކުންފުންޏާ ބަދަލުވިފަހުން ޕްލޭނިން ސްޓޭޖްގައި އުޅެނީ.” ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.

ބޭސް ރައްކާކޮށްފައި ބަހައްޓާނެ ގުދަންތައް ތަރައްޤީ ކުރުމުގެ މަސައްކަތުގެ އިތުރުން ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައިވެސް މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން ބޭސް ގެނައުމުގެ އެ ބޭސް ގެންނަ ތަނާއި ބޭހުގެ ކޮލިޓީއަށް ބަލާއިރު އެތަކެއްޗަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މިންގަނޑާ އެއްގޮތަށް އުފައްދާފައިވާ ބޭހެއްކަން ކަށަވަރުކުރެއެވެ.

ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން އިތުރު ބޭސްތައް ރާއްޖެއަށް ގެނައުމަށް ބޭސް ކުންފުނިން ވަނީ ރަޖިސްޓަރކޮށް ބޭސް އުފައްދާ އިތުރު ކުންފުނިތަކާއެކު މަސައްކަތްތައް ފަށާފައެވެ.

މީގެ އިތުރުން ރާއްޖެއަށް އެެތެރެކުރާ ބޭހާއި ސްޓްކޮގައި ހުންނަ ބޭސް ދެނެގަތުމުގެ ގޮތުނަށް އެކަމަށް ޚާއްސަ ސްިސްޓަމްތައް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ސްޓޭޓްފާމާއިން ދަނީ ކުރަމުންނެވެ. އެގޮތުން ޒާމީ ސިސްޓަމް ތަރައްޤީކުރުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ނިންމާފައިވާއިރު ދެވަނަ މަރުހަލާގެ މަސައްކަތްތައްވެސް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މީގެ ސަބަބުން ބޭސް ހުރި ތަންތަން އެނގި ބޭސް ފޯރުކޮށްދިނުމުގައިވެސް ފަސޭހަވެގެން ދާނެކަމަށް ސްޓޭޓް ފާމާއިން ވިދާޅުވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

އާސަންދައިން ކަވަރުނުކުރާ ބޭހަކަށް ފައިސާ ނެގިކަމަށް ބުނާ ވާހަކަތައް ސްޓޭޓް ފާމާއިން ދޮގުކޮށްފި

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

އެސްޓީއޯ ފާރމަސީތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފި