ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފާމަސިސްޓުން ތަމްރީނުކުރަން ވިލާ ކޮލެޖާއެކު މަޝްވަރާކޮށްފި

Big itteusQqUVXmkVdeCa0jE0dfn
Maldivian_Ads
TTH_Ads
STO_Ads
Advertisement

ފާމަސިސްޓުން ތަމްރީން ކުރަން ވިލާ ކޮލެޖާއެކު ސްޓޭޓް ފާމަސޫޓިކަލްއިން މަޝްވަރާކޮށްފިއެވެ.

ސްޓޭޓް ފާމާ ކުންފުނިން ބުނީ ފާމަސިސްޓުން ތަމްރީން ކުރުމާއި އެ ދާއިރާއިން ކިޔަވާ ޒުވާނުން އިތުރުކުރަން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރި ކަމަށެވެ. އޭގެ އިތުރުން އެ ދާއިރާއިން ދަސްވެނިވާ މީހުންނަށް، ދެ ފަރާތުން ގުޅިގެން ވަޒީފާގެ ފުރުސަތުތައް ދޭން ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރި ކަމަށް އެކުންފުނިން ބުންޏެވެ.  ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ރިފްރެޝާ ކޯސް ހިންގުމަށް ވިލާ ކޮލެޖާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

އެ ކުންފުނިން ވަނީ މޯލްޑިވިސް ނޭޝަނަލް ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ބޭފުޅުންނާއި ބައްދަލުކޮށް، މި ދާއިރާއިން މީހުން ތަމްރީންކުރުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. ސްޓޭޓް ފާމަސޫޓިކަލްސްއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފާއިތުވި މަހުގައިވެސް 30 އަށް ވުރެ ގިނަ ފާމަސިސްޓުން ހޯދަން އިޢުލާނުކޮށްފައިވެއެވެ.

HajjCop_ads
Advertisement

ރާއްޖޭގައި ފާރމަސިސްޓުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާއިރު ބޭހާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ދަނީ ކުރަމުންނެއެވެ. އެގޮތުން ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނެ ގޮތަށް ޚާއްސަ ޕޯޓަލެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

state pharma

ބޭސް ރައްކާކުރާ ގުދަންތައް އަތޮޅުތަކަށް ފުޅާކުރަނީ

Io

އާސަންދައިން ކަވަރުނުކުރާ ބޭހަކަށް ފައިސާ ނެގިކަމަށް ބުނާ ވާހަކަތައް ސްޓޭޓް ފާމާއިން ދޮގުކޮށްފި

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

އެސްޓީއޯ ފާރމަސީތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފި