ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފަރު އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމަށް ޕްލޭނެއް އެކުލަވާލަނީ

HO3v0ntXoAAtrO5
TTH_Ads
STO_Ads
Advertisement

ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމުގެ ޕްލޭންތައް އެކުލަވާލުމަށް އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކޮށްފައިވަނީ، މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، އަބޫދާބީ ފަންޑުގެ ވަފުދަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭންތަކާއި މަސައްކަތްތަކާމެދު އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. 2019 ވަނަ އަހަރު ހުޅުވި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ، އަބޫދާބީ ފަންޑުގެ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ އެއަރޕޯޓެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މި އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ގިނަ މަސައްކަތްތަކެއް ކޮށް ނިމި، އަދި މިހާރުވެސް ކުރަމުންދާ ކަމަށެވެ.

މިހާރު ވައިޑް ބޮޑީ ބޯޓުތަކަށް ޖެއްސޭނެ ވަރަށް އެއަރޕޯޓުގެ ރަންވޭ 2850 މީޓަރަށް ފުޅާކޮށްފައިވާ ކަމަށާއި، ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތްތައް މިހާރުވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ ދަށުން މިހާރު ކުރިއަށްދަނީ، ދެވަނަ ފިޔަވަހީގެ މަސައްކަތްތަކެވެ. މިމަޝްރޫއުގެ ދަށުން 6،238 އަކަފޫޓުގެ ޖާގައިގެ އިމާރާތެއް ތަރައްޤީ ކުރާއިރު، މީގެ ސަބަބުން ޓަރމިނަލްގެ ޖާގަ 12476އަށް އިތުރުވެ، މުޅި ޕެސެންޖަރ ޓަރމިނަލުގެ ޖާގަ ދެގުނަ އިތުރުވާނެއެވެ. އަދި މިހާރު ޓާމިނަލް ތަރައްޤީ ކުރުމުގެ 20 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HFb9XVha8AAquCo

މާފަރު ބިންހިއްކުން ނިމުމަކާ ގާތަށް

މާފަރުގައި ޤާއިމްކުރި ކަސްޓަމްސްގެ އިމާރާތް ހުޅުވައިފި

Ii

މާފަރު އެއާޕޯޓްގެ އޭޕްރަންއަށް އިތުރުކުރި ސަރަހައްދު ހުޅުވައިފި

Ii

މާފަރު ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅައިފި